ބާސެލޯނާ އާއި އަލްމޭރިއާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 Feb 2023 | 03:38
އަލްމޭރިއާ އަތުން ބަލިވެ ބާސެލޯނާ އަށް އިތުރު ނުތަނަވަސްކަމެއް!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި އަލްމޭރިއާ އަތުން ބާސެލޯނާ ބަލިވެއްޖެ އެވެ. އަލްމޭރިއާގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެ ޔުއެފާ ޔޫރޮޕާ ލީގުގެ ޕްލޭއޮފް ބުރުން ކެޓުމުން، ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިރޭގެ މެޗުން ބަލިވުމުން ބާސެލޯނާގެ ކޯޗު ޒަވީއަށް ވަނީ އިތުރު ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފައިވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްމޭރިއާގެ މާލީ ފޯވާޑް އެލް ބިލާލް ޓޯރޭ އެވެ. މިއީ އެޓީމުގެ ކޮލަންބިއާ ފޯވާޑް ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ބާސެލޯނާގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގައި ވެސް އެޓީމަށް މި މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތް ނުވިއެވެ.

މިރޭގެ މެޗުން މޮޅުވެ ލީގު ތާވަލުގެ ކުރީގައި 11 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. ނަމަވެސް ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން އަންނަ އަލްމޭރިއާ އަތުން ބަލިވެ އެޓީމުގެ ލީޑު ވަނީ 7 ޕޮއިންޓަށް ހަނިވެފައެވެ.

ލީގުގައި ކުޅުނު 23 މެޗުން ބާސެލޯނާއަށް 59 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން މޮޅުވި އަލްމޭރިއާ އަށް 23 މެޗުން ލިބުނު 25 ޕޮއިންޓާއެކު އެޓީމު ވަނީ ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

ބާސެލޯނާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ކޮޕާ ޑެލްރޭ ސެމީ ފައިނަލުގެ ފުރަތަަމަ ލެގުގައި ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.