ރަޝްފޯޑް މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި
ކުޅިވަރު
19 Feb 2023 | 22:32
ސަންޗޯ އާއި ރަޝްފޯޑްގެ ލަނޑުތަކުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ 3-0 ގެ ނަތީއްޖާއަކުން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ވާދަވެރި ސިޓީއާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

މެންޗެސްޓަރ ޔުނައިޓެގެ ދަނޑުގައި އެޓީމު އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާ އިރު މިރޭގެ މެޗުގައި އެޓީމަށް ލީޑުނަގައިދިނީ މިއަހަރު ފެށުނު ފަހުން އާދަޔާ ޚިލާފު ފޯމެއްގައި ކުޅެމުން އަންނަ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސަންޗޯ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މުޅި މެޗުގައިވެސް މެންޗެސްޓަރ ޔުނައިޓެޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ދެވަނަ ލަނޑު، ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ބުރެޒިލްގެ މިޑްފީލްޑަރ ފުރެޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ވެސް ރަޝްފޯޑް އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި ޔުނައިޓެޑު އެންމެ ފަހުން ކުޅުނު 5 މެޗުގައި ރަޝްފޯޑް ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

ޔުނައިޓެޑުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އިގިރޭސި ފޯވާޑް ސަންޗޯ އެވެ. މިއީ މިރޭގެ މެޗުގައި މޮޅުކުޅުމެއްދެއްކި ޕޯޗުގަލްގެ މިޑްފިލްޑަރ ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަންޗޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެޓީމު ކުޅުނު 24 މެޗުން 49 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި އޮތް އާސެނަލް އާއި ފަސް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. އެއްވަނާގައި އާސެނަލް އޮތީ 23 މެޗު ކުޅެގެން 54 ޕޮއިންޓާއި އެކުގައެވެ. އަދި ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް 24 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި ލެސްޓާ ސިޓީ މިވަގުތު އޮތީ 23 މެޗުން ލިބުނު 24 ޕޮއިންޓާއި އެކު ތާވަލުގެ 14 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ