ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ތޮލާލް ... / ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން
ކުޅިވަރު
28 Feb 2023 | 19:42
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުން މިއަދު ރާއްޖޭގައި ބާއްވައިފި!

ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަން، ސާފްގެ އަހަރީ އާންމު ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ކްރޮސްރޯޑްސްގެ އިވެންޓް ގޯލުގަ އެވެ.

ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތުލެޓިކްސް ފެޑަރޭޝަންސް ތަކުން ބައިވެރިވި އިސް ފަރާތްތައް / ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތުލެޓިކްސް ފެޑަރޭޝަންސް ތަކުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއިރު، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާއިދާ ގުޅޭ މުހިންުމު ކަންކަން މަޝްވަރާކޮށް އަސާސީ ގަވާއިދު ފާސްކުރުން އޮތެވެ. މީގެ އިތުރުން ކުރިއަށް އޮތް ދައުރަށް ސާފްގެ ހިންގާ ބޯޑުގެ މަގާމުތަކުގެ އިންތިހާބު ބޭއްވި އެވެ.

މިއީ ރާއްޖޭގައި ސާފްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން 2017 ވަނަ އަހަރު މި ޖަލްސާ ބޭއްވީ އައްޑޫ ސިޓީގަ އެވެ.

ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ މި މުހިންމު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުން ފާހަގަކޮށް އެތްލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން ޝުކުރު އަދާކޮއްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ