ލިއޮނަލް މެސީ
ކުޅިވަރު
28 Feb 2023 | 08:54
ފީފާ ދަބެސްޓް އާޖެންޓީނާގެ ފަހަރެއް!

ފުރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ބޭއްވި ފީފާ ދަބެސްޓް އެވޯޑް ނައިޓުގައި، 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ލިބިއްޖެ އެވެ.

މިއީ 2016 ވަނަ އަހަރު މި އެވޯޑް ތައާރަފް ކުރި ފަހުން، މެސީ މި އެވޯޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 2016 އަދި 2017 ވަނަ އަހަރު މި އެވޯޑް ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

2018 ވަނަ އަހަރު ލޫކަރ މޮޑްރިޗް ދަ ބެސްޓު އެވޯޑް ކާމިޔާބުކުރި އިރު 2019 ވަނަ އަހަރު މި އެވޯޑް ކާމިޔާބުކުރީ މެސީ އެވެ. 2020 އަދި 2022 ވަނަ އަހަރުގެ އެވޯޑް ކާމިޔާބުކުރީ ލެވަންޑޮވްސްކީ އެވެ.

މި އަހަރުގެ އެވޯޑަށް މެސީ އާއި ވާދަކުރީ ފުރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ އެމްބާޕޭ އަދި ބެންޒެމާ އެވެ.

ރޭގެ ރަސްމިއްޔާތުގައި ދަ ބެސްޓު އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބު ކޮށްދިން ކޯޗު ލިއޮނަލް ސްކަލޯނީ އެވެ. އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ އާޖެންޓީނާގެ ވޯލްޑްކަޕް ތަރި  އެމިލިއާނޯ މާޓީނެޒު އަށެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލުޖެހި ކުޅުންތެރިއާއަށް ދޭ ޕުސްކަސް އެވޯޑު ލިބުނީ ޕޮލެންޑްގެ މާކިން އޮލެކްސީ އަށެވެ. އޭނާ އަކީ 2010 ވަނަ އަހަރު ދިމާވި އެކްސިޑެންޓެއްގައި އެއް ފައި ބުރިވެފައިވާ މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.