ބާސާ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
20 Feb 2023 | 13:53
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާއި އެކު ބާސާ ލީޑު ފުޅާކޮށްފި!

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ކާޑިޒް އާއި ވާދަކުރި މެޗު 2-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށް ބާސެލޯނާއިން ލީގު ތާވަލުގެ ކުރީގައި އެޓީމުގެ ލީޑު 8 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވާދަކުރި މެޗުގައި އަނިޔާވި މިޑްފީލްޑަރ ޕެޑްރީ އާއި ނުލައި ރޭގެ މެޗު ބާސެލޯނާއިން ފެށިއިރު، މި މެޗުގައި ފުރަތަމަ ލަނޑެއްކާމިޔާބު ކުރީ ކާޑިޒް އިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާޑިޒްގެ ރޮޖާ މާޓީ ކާމިޔާބުކުރި ލަނޑު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއްކަމަށެވެ.

ލެވަންޑޯސްކީ ފެރާން ޓޮރޭޒް އާއިއެކު ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާޑިޒްގެ ޕެނަލްޢީ އޭރިއާ ތެރެއިން ބާސާގެ ފޯވާޑް ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށްދިޔައިރު، މި މެޗުގައި ބާސާއަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ އެވެ. އަދި އޭގެ ދެ މިނެޓުފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ މިސީޒަނުގައި ލީގު މެޗެއްގައި ލެވަންޑޯސްކީ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ.

ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާޑިޒްގެ ޕެނަލްޓީ އޭރިއާ ތެރެއިން ލެވަންޑޯސްކީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގޭ ދެ މިނެޓުފަހުން ކާޑިޒްގެ ރޮޖާ މާޓީ ލަނޑެއްކާމިޔާބުކުރި އެވެ. ނަމަވެސް ރެފްރި ނިންމީ ރޮޖާ މާޓީ ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ފައުލްކޮށްފައިވާ ކަމަށެވެ. މި މެޗުގައި ރޮޖާ ދެ ލަނދު ކާމިޔާބުކުރި އިރު އެ ދެ ލަނޑުވެސް ރެފްރީ ލަނޑެއްގެ ގޮތުގައި ބަލައެއްނުގަތެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 22 މެޗުން ބާސެލޯނާ ވަނީ 59 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. މި މެޗުން ބަލިވި ކާޑިޒް މިވަގުތު އޮތީ 22 މެޗުން ލިބުނު 22 ޕޮއިންޓާއި އެކު ލީގު ތާވަލުގެ 17 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.