ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
18 Feb 2023 | 07:24
ރޮނާލްޑޯގެ އެހީތެރިކަމާއެކު އަލް ނަސްރު އެއްވަނައަށް!

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލްޠާވޫން އާއި ވަދަކޮށް 2-1 ގެ ނަތީއްޖާއަކުން މޮޅުވެ އަލް ނަސްރު އިން ލީގުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

އަލް ނަސްރުގެ ދަނޑުގައި ރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުއްރަޙްމާން ޣަރީބު އެވެ. މިއީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމުގެ ހާފުތެރޭގައި ހުރެފައި ކްރިސްޓިއާނޯ ރޮނާލްޑޯ ދިން ތުރޫ ޕާހެއްގައި ކުރިއަށް އަރައި ކީއްޕަރުގެ ބޯމަތިން ގޯލްގެތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ނަސްރުގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އަލް ނަސްރުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މިހާފުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. އަދި މި ހާފުގައި އަލްޠާވޫން އަށް އަލް ނަސްރުގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ދެވަނަ ހާފުގެ ކުޅުން އަލްޠާވޫން އިން ފެށީވެސް ބަދަލަކާއި އެކުގައެވެ. އަދި މިހާފުގައި އެޓީމުގެ އެޓޭކުތައް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރި އެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެނިޝް މިޑްފީލްޑަރ އަލްވާރޯ މެޑްރާން އެވެ. މިއީ އެޓީމުގެ މުޙައްމަދު ޒައިދު އަލް ޣަމްދީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގެ 68 ވަނަ މިނެޓުގައި އަލްޠާވޫންގެ ކެމަރޫން ފޯވާޑް ލިއަންޑްރޭ ޓަވަމްބާ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދިނެވެ. ނަމަވެސް ވީއޭއާރު އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. މި މެޗުން އަލް ނަސްރު މޮޅުވި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރ އަބްދުالله މަޑޫ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 17 މެޗުން 40 ޕޮއިންޓް ހަމަކޮށް އަލް ނަސްރު އިން ވަނީ އަލުން ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލާފައެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދު އާއި ތިން ވަނައިގައި އޮތް އަލް ޝަބާބުއަށް ވެސް 40 ޕޮއިންޓް ލިބިފައިވާއިރު އަލް ނަސްރަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި މި މެޗުން ބަލިވި އަލްޠާވޫން އަށް 17 މެޗު ކުޅެގެން ލިބިފައިވަނީ 30 ޕޮއިންޓާއި އެކު ތާވަލުގެ ފަސް ވަނައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.