ޖަސްޓް ފޮންޓެއިން
ކުޅިވަރު
01 Mar 2023 | 18:08
ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން މަރުވެއްޖެ!

ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ފޮންޓެން އަކީ ވޯލްޑްކަޕް އެން މުބާރާތެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިއާއެވެ.

1958 ވަނަ އަހަރު ސްވިޑެންގައި ބޭއްވުނު ވޯލްޑްކަޕް ފުުޓުބޯޅަ މުބާރާތުގައި ފުރާންސް ގައުމީ ޓީމަށް ކުޅުނު 6 މެޗުގައި 13 ލަނޑުކާމިޔާބުކޮށްފައެވެ. އެމުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕެރަގުއާއީ ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު ދެވަނަ މެޗުގައި ޔޫގޯސްލާވިއާ ކޮޅަށް ދެ ލަނޑު އަދި ގުރޫޕްގެ ފަހު މެޗުގައި ސްކޮޓްލޭންޑް ކޮޅަށް އެއް ލަނޑު ކާމިޔާބުކުރި އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލުގައި ނޮދަން އަޔަލޭންޑް ކޮޅަށް ދެލަނޑު އަދި ސެމީ ފައިނަލު މެޗުގައި ބުރެޒިލް އަތުން 5-2 ން ފުރާންސް ބަލިވި މެޗުގައި އެއް ލަނޑު ކާމިޔާބުކުރުމުގެ އިތުރުން މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ވެސްޓް ޖަރުމަނު ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކު ހެދިއެވެ.

އޭނާއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ކުޅުންތެރިއެކެވެ. ފޮންޓެންއާއެކު ހަތަރުވަނަގައި ދެން އޮތީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

1953 ވަނަ އަހަރުން 1960 ވަނަ އަހަރަށް ފްރާންސްގެ ގައުމީ ޓީމަށް  ފޮންޓެއިން ކުޅުނު އިރު، އޭނާ ވަނީ 31 މެޗުން 30 ގޯލު ޖަހައިފައެވެ.

ކްލަބު ކެރިއަރުގައި ގިނަ ދުވަސްތަކެއް ނީސްއާއި މޮރޮކޯގެ ޔޫއެސްއެމް ކަސަބަލަންކާގައި ހޭދަކުރި ފޮންޓެން، ވަނީ ކެރިއަރުގެ ވަރަށް  ކުރީކޮޅުގައި ރިޓަޔާކޮށްފައިވެއެވެ. އުމުރުން އެންމެ 28 އަހަރުގައި ފޮންޓެއިން ކުޅުން ހުއްޓާލީ ދެފައި ބިންދައިގެން ދިއުމުގެ ސަބަބުންނެވެ.

ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގައިވެސް ފޮންޓެއިން ފެނިފައިވެއެވެ. ފްރާންސްގެ ގައުމީ ޓީމަށް 1967 ވަނަ އަހަރު ފޮންޓެން ކޯޗުކަންކޮށްދިން އިރު، 1974 ވަނަ އަހަރު ޕީއެސްޖީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗަކީވެސް އޭނާއެވެ.

މޮރޮކޯއަށް އުފަން، ފްރާންސްގެ ފޮންޓެއިން ވަނީ މޮރޮކޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ. 1980 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތިންވަނަ މޮރޮކޯއިން ހޯދި އިރު، ކޯޗަކީ ފޮންޓެއިންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.