ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
03 Mar 2023 | 03:05
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާ ހަނިގޮތަކަށް މޮޅުވެއްޖެ!

ކޮޕާ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ވާދަކޮށް ހަނިގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.

ރެއާލްގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން ބާރަވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކުރި އެވެ. ނަމަވެސް ކަރީމް ބެންޒެމާ ކާމިޔާބުކުރި އެލަނޑު ރެފްރީ ނިންމީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ރެއާލް މެޑްރިޑުން ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރަމުން ދިޔަ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ބާސެލޯނާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުނެގި އެވެ. މި ލަނޑަކީ އެޓީމުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރ ފްރޭންކް ކެސިއާ ފޮނުވާލި ހަމަލާއެއް ރެއާލްގެ ކީއްޕަރު ދިފާއުކޮށް ބޭރަށް ޖައްސާލިބޯޅަ ކުރިމަތީ ހުރި އެޓީމުގެ ބްރެޒިލް ޑިފެންޑަރ މިލީޓޯގެ ފައިގައިޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ހާފުގައި ބާސެލޯނާ އިން އުފެއްދި ހަމައެކަނި ހަމަލާގައި އެޓީމުން ލީޑުނެގިއިރު މުޅިހާފުގެ ބޮޑުބައި ބާސެލޯނާގެ ހާފުތެރޭގައި ކުޅުނު ރެއާލް މެޑްރިޑަށް އެޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ރެއާލުން ބަދަލުތަކެއްގެނެސް މުޅި ޓީމު ކުރިއައްޖެހި ގިނަ ބޯޅަތަކެއް ބާސެލޯނާގެ ގޯލަށް ފޮނުވާލި ނަމަވެސް އެޓީމުގެ ގޯލުކުރިމަތީ ފާރަކަށް އެތުރިގެން ތިބި 10 ކުޅުންތެރިން ފޫއަޅުވާލުމަށް ފަހު މިހާފުގަވެސް ރެއާލްގެ އެއްވެސް ކުޅުންތެރިއަކަށް ބާސާގެ ގޯލުގެ ތިން ދަނޑިން އެތެރެއަށް ބޯޅައެއް އަމާޒުކޮށްލެވޭގޮތެއް ނުވިއެވެ.

މިހާފުގައި ވެސް ލަނޑެއްޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބާސެލޯނާގެ މިޑްފީލްޑަރ ކެސިއާ އަށެވެ. ނަމަވެސް އެނާ މުޅިން ހުސްކޮށްއޮވެ ރެއާލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އެޓީމުގެ ފޯވާޑް އަންސޫ ފާޓީ އެވެ.

މި ދެޓީމު ވާދަކުރާ  ސެމީފައިނަލުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާސެލޯނާގެ ދަނޑުގައެވެ. އޭގެ ކުރިން މިމަހުގެ 19 ވަނަ ދުވަހު ލަލީގާގައި މިދެޓީމު ވާދަކުރާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ