މުހައްމަދު ނަޖާހު (ކަބޯ)
ކުޅިވަރު
17 Feb 2023 | 18:56
އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް މުހައްމަދު ނަޖާހު (ކަނބޯ) ޗެމްޕިއަންކަން ހޯދައިފި!

ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2023ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް، މުހައްމަދު ނަޖާހު (ކަބޯ) ޗެމްޕިއަންކަން ހޯދައިފި އެވެ.  މުބާރާތުގެ ފައިނަލުން ސްމައިލީ ޖާގަހޯދީ ސެމީ ފައިނަލުގައި ހަސަން ނާސިހު (ޗިކާ) ވާދަކޮށް މޮޅުވެގެންނެވެ. އަދި ކަނބޯ ފައިނަލުގެ ޖާގަހޯދީ ސެމީ ފައިނަލުގައި 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި ވަދަކޮށް މޮޅުވެގެންނެވެ.

އިސްމާއިލް ރަޝީދު (ސްމައިލީ)، މުހައްމަދު ނަޖާހު (ކަނބޯ)

މިއީ ޤައުމީ ފެންވަރުގެ މުބާރާތެއްގެ ޗެންޕިއަންކަން ނަޖާހު ހޯދި ފުރަތަަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން މިދިޔަ އަހަރު ގައުމީ ލީގުގައި ކުރިއަށްދިޔަ ފަސް މުބާރާތުގެ ތެރެއިން ދެ މުބާރާތެއްގެ ފައިނަލުގައި ކަނބޯ ވާދަކޮށްްފައިވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ގައްދޫގައި ބޭއްވުނު މުބާރާތުގެ ފައިނަލް ވެސް ހިމެނެއެވެ.

ގައްދޫގައި ކުރިއަށްދިޔަ މި އަހަރުގެ ކަޅެގަލެކޮޑާ 2023 އަކީ ސާފިން އެސޯސިއޭޝަނުން އެ ރަށުގައި ބޭއްވި ތިން ވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވުނު ދެ މުބާރާތް ވެސް ކާމިޔާބުކުރީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން ނުކުތް ސްމައިލީ ފައިނަލުގައި މިއަދު ބަލިވީ 0.33 ގެ ކުޑަ ތަފާތަކުންނެވެ. ވާދަވެރި ފައިނަލަކަށް ފަހު މުހައްމަދު ނަޖާހު (ކަނބޯ) ޗެމްޕިއަންކަން ހޯދިއިރު ފައިނަލުގައި އޭނާ ވަނީ 15.33 ގެ ސްކޯއެއް ހޯދާފައެވެ. ފައިނަލުގައި ބަލިވި އިސްމާއިލް ރަޝީދު (ސްމައިލީ) އަށް ލިބުނީ 15.00 ގެ ސްކޯއެކެވެ.

ފައިނަލުގެ ފުރަތަމަ ރާޅު އެޅި ކަބޯ ވަނީ އެ ރާޅުގައި 8.33ގެ ސްކޯއެއް ހޯދައިފަ އެވެ. އޭގެ ފަހުން ސްމައިލީ ވަނީ ދެ ރާޅުން 7.17 އާއި 7.83ގެ ސްކޯއެއް ހޯދައި ލީޑު ނަގައިފަ އެވެ. 15.00ގެ ސްކޯއެއްގައި އިސްމާއިލް ރަޝީދު (ސްމައިލީ) އޮއްވާ މުހައްމަދު ނަޖާހު (ކަނބޯ) ވަނީ އޭނާގެ ދެ ވަނަ ރާޅުގައި 7.00ގެ ސްކޯއެއް ހޯދައި ފައިނަލުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. އޭގެ ފަހުން އިސްމާއިލް ރަޝީދު (ސްމައިލީ) ދެ ރާޅު އެޅި ނަމަވެސް އޭނާގެ ދެ ވަނަ އަށް އެންމެ މަތީ ސްކޯ އަށް ވުރެ ރަނގަޅު ސްކޯއެއް ހޯދޭގޮތެއްނުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.