ސާޖިއޯ ރާމޯސް
ކުޅިވަރު
24 Feb 2023 | 07:47
ސްޕެއިންގެ ޤައުމީ ޓީމުން ބޭރުކޮށްލުމުން ރާމޯސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި!

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރ އަދި ސްޕެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ، ޑިފެންޑަރު ސާޖިއޯ ރާމޯސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

2005 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް 180 މެޗު ކުޅެދީ 23 ލަނޑު ކާމިޔާބުކޮށްދީފައިވާ ރާމޯސް ގައުމީ ޓީމަށް ކުޅުންހުއްޓާލިކަން އިއުލާން ކުރީ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ހާއްސަ މެސެޖަކާ އެކުގައެވެ. މެސެޖުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އުމުރުން ދުވަސްވެފައި ވުމުން، ކުޅުމުގެ ފެންވަރަކަށް ބެލުމެއް ނެތި ޓީމުން ބާކީ ކޮށްލުމުން އެކަމާއި ހިތާމަކުރާ ކަމަށެވެ.

2010 ވަނަ އަހަރު ސްޕެއިން ޤައުމީ ޓީމާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ރާމޯސް ޓީމުގެ ކުޅުންތެރިންނާއި އެކު އުފާ ފާޅުކުރަނީ

ރާމޯސް ބުނީ ސްޕެއިނާ އަލަށް ހަވާލުވި ކޯޗު ޑެ ލަ ފުއެންޓޭގެ ފޯނު ކޯލެއް މިއަދު ހެނދުނު ލިބުނު ކަމަށާއި ޤައުމީ ސްކޮޑުގައި އޭނާ ނުހިމެނޭކަމަށް އެންގުމުގެ އިތުރުން މުސްތަގުބަލަށް އައު ޓީމެއް ބިނާކުރާއިރު ކޯޗުގެ ޕްލޭނުގައި އޭނާ ނުހިމެނޭކަމަށް ވަނީ އަންގާފައެވެ. ރާމޯސް އަކީ މިހާރުވެސް ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކުލަބް، ފުރާންސްގެ ޕީއެސްޖީ ގެ ފުރަތަމަ އެގާރައިން ހިމެނި ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ކޯޗުގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިފައި ހުރި ރާމޯސް އިތުރަށް ބުނީ ގައުމީ ޓީމާއެކު ކުރިއަށް ދާން ބޭނުންވި ނަމަވެސް، އެ މާހައުލެއް ޓީމުގައި ތަނަވަސްވެފައި ނުވާ ކަމަށެވެ. ޤައުމީ ޓީމާއި އެކު މިހާތަނަށް ހޯދުނު ކާމިޔާބީތަކަށް ބަލާ އިރު، އޭނާއަށް އެއަށްވުރެ ރަނގަޅަށް، އަމިއްލައަށް ބޭނުންވެގެން ކެރިއަރު ނިންމާލުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަން އަމިއްލަ އިހުތިޔާރުގައި ކެރިއަރު ނިންމާލަން ފުރުސަތު ލިބެން ޖެހޭނެކަމަށް. އެއީ ކުޅުން ދަށްވެގެން ކަމުގައިވީ ނަމަ މައްސަލައެއް ނެތް. އެކަމަކު ކުޅުމަށް ނުބަލައި، އުމުރުން ދުވަސްވި ކަމަށް ބުނެ ގައުމީ ޓީމުގެ ކެރިއަރު ނިންމާލަން ޖެހުމަކީ މާޔޫސްވީ ކަމެއް،" ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ ރަނގަޅަށް ކުޅެވޭނެނަމަ އުމުރަކީ ކެރިއަރަށް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އުމުރަކީ އެ ހާލަތުގައި ނަންބަރެއް އެކަނި ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަން ފާހަގަކޮށް ރާމޯސް ވަނީ ލިއޮނަލް މެސީއާއި ލޫކާ މޮޑްރިޗްގެ އިތުރުން ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭގެ ނަންވެސް ފާހަގަކޮށްފައެވެ.

ރާމޯސް ބުނީ މަޖުބޫރުވެގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، ސްޕެއިންގެ އެއް ނަންބަރު ސަޕޯޓަރުގެ ގޮތުގައި ހުންނާނެ ކަމަށާއި، އެތައް ކާމިޔާބީއަކާއެކު ސްޕެއިނުން އޭނާއަށް ހިނުތުންވުން ގެނުވި ކަމަށެވެ. އަދި ނިމުން އިންސާފުވެރި ނޫން ނަމަވެސް ކަރުއެލުވާލައި، އިސްދަށަށް ޖަހައިގެން ހުންނަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ހިތްހަމަޖެހުމާއެކު ކެރިއަރުގެ ފަހުބައި ހޭދަކޮށްލަން ކަމަށް ރާމޯސް ބުންޏެވެ.

ސްޕެއިނުގެ ޤައުމީ ޓީމާއި އެކު 2008 ވަނަ އަހަރު ޔޫރޯއާއި 2010 ވަނަ އަހަރު ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ރާމޯސް އަކީ ސްޕެއިންގެ ގޯލްޑަން ޖެނަރޭޝަންގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް އެންމެ ފަހުން ކުޅުން ހުއްޓާލި ކުޅުންތެރިއާ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.