ލަނޑުޖެހުމަށް ފަހު ފުރެޑް އުފާ ފާޅުކުރަނީ
ކުޅިވަރު
24 Feb 2023 | 09:28
ބާސެލޯނާ ބަލިކޮށް ޔުރޮޕާ ލީގުގެ ދެވަނަ ބުރުން ޔުނައިޓެޑު ޖާގަ ހޯދައިފި!

ޔުއެފާ ޔުރޮޕާ ލީގުގެ ޕްލޭ އޮފް ދެވަނަ ލެގުގައި ބާސެލޯނާއިން ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅެވުނު މެޗު އެޓީމުން ކާމިޔާބުކުރި އިރު، ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި މި ދެޓީމު ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތިއްޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މިއާއެކު މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ 4-3 ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ އާއި ޑެންބެލޭ ޓީމުގައި ނުހިމެނޭއި އިރު ޒުވާން މިޑްފީލްޑަރ ގާވީ ސަސްޕެންޑްޝަނުގެ ސަބަބުން ޓީމުގައި ނުހިމެނެއެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއިން ގިނައިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރި ބާސެލޯނާ އިންނެވެ.

މެޗު ފެށިގެން ވަރަށް ކުރީކޮޅު ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑުގެ ޕޯޗުގަލް މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ބާސެލޯނާގެ ކީއްޕަރު ސްޓެގަން ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބާސެލޯނާގެ ކުޅުންތެރިއަކަށް ފެނާންޑޭޒް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ބާސެލޯނާއަށް ޕެނަލްޓީއެއް ދީފައެވެ.

ބާސެލޯނާއަަށް ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ހޯދައިދިނީ ލެވަންޑޮސްކީ އެވެ. މި ލަނޑާއި އެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީއްޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެ ފުރަތަމަ މިނެޓުގައި މެންޗެސްޓަރ ޔުނައިޓެޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރު ކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުރެޒިލްގެ މިޑްފީލްޑަރ ފްރެޑް އެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑު މި މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޓޮނީ އެވެ.

ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑުގެ އެޓޭކުތައް މާބޮޑަށް ވެސް ވަރުގަދަކޮށް ފެނުނުއިރު މިހާފުގައި ބާސެލޯނާ ޓީމުން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ޑިފެންޑަރ ކުންޑޭ އަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

2015 ވަނަ އަހަރުގެ ޗެންޕިއަންސް ލީގު ކާމިޔާބުކުރި ފަހުން ޔޫރަޕުގައި ބާސެލޯނާއަށް ކާމިޔާބު ހޯދިފައިނުވާއިރު، ފާއިތުވެދިޔަ ދެ އަހަރު އެޓީމު ކަޓައިގެން ދިޔައީ ޗެންޕިިއަންސް ލީގުގެ ގުރޫޕް ސްޓޭޖުންނެވެ. މީގެ އިތުރުން ޔޫރަޕްގެ ދެ ވަނަދަރަޖައިގެ މުބާރާތް ކަމަށްވާ ޔުއެފާ ޔުރޮޕާ ލީގުގައިވެސް އެޓީމަށް ދިމާވީ ނާކާމިޔާބީ އެއެވެ. މިދިޔަ އަހަރު ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ކަޓައިގެން ދިޔައިރު މި އަހަރު މުބާރާތުގެ ދެވަނަ ބުރުން ވެސް އެޓީމަށް ފުރުސަތެއް ނުލިބުނެވެ.

ޔޫރަޕްގައި ކާމިޔާބު ނުހޯދުނަސް ސްޕެނިޝް ލީގުގައި ބާސެލޯނާއި އަންނަނީ ރަގަޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނައިގައި އެޓީމު މިވަގުތު އޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ 8 ޕޮއިންޓް ކުރީގައެވެ. އަދި ސްޕެނިޝް ސުޕަކަޕް ފައިނަލުގައި ރެއާލް މެޑްރިޑް ބަލިކޮށް އެޓީމުން ޗެންޕިއަންކަން ހޯދާފައި ވާއިރު، މާރިޗު މަހުގެ 03 ދުވަހު ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އެޓީމު ނުކުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.