ޕެލޭގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ 14 ބުރީގެ ގަބުރުސްތާން
ކުޅިވަރު
31 Dec 2022 | 14:54
ޕެލޭގެ ޖަނާޒާ އަންގާރަ ދުވަހު!

އުމުރުން 82 އަހަރުގައި ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވީ، 2011 ވަނަ އަހަރުން ފެށިގެން ކެންސަރާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ހަނގުރާމައަކަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ޤައުމީ ހިތާމައިގެ ތިން ދުވަހަށް ފަހު ޕެލޭގެ ޖަނާޒާ އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޕެލޭގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވަނީ ސަންޓޯސްގެ މެދުގައި ހުންނަ 14 ބުރީގެ ގަބުރުސްތާނެއްގައި ކަމަށެވެ. ސައޯ ޕައޮލޮގެ އަލްބަޓް އައިންސްްޓައިން ހޮސްްޕިޓަލުން ވިލާ ބެލްމީރޯ ސްޓޭޑިއަމަށް ޕެލޭގެ ހަށިގަނޑު ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ހަމަޖެހިފައިވަނީ އެތަނުގައި ކަމަށްވެސް މީޑީއާ ރިޕޯޓުތައް ބުނެއެވެ. 

ޕެލޭގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވަނީ ސަންޓޯސްގެ މެދުގައި ހުންނަ 14 ބުރީގެ ގަބުރުސްތާން

ބްރެޒިލްގެ މީޑިއާތަކާއި ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޓޭޑިއަމްގައި 24 ގަޑިރިރު ވަންދެން އޭނާގެ ހަށިގަނޑު ބޭއްްވުމަށްފަހު، ބަލިއެނދުގައި އޮތް އުމުރުން 100 އަހަރުގެ ޕެލޭގެ މަންމަ ސެލެސްޓޭގެ ގޭގެ ބޭރުގައި ކުޑަވަގުތުކޮޅަކަށް ޕެލޭގެ ހަށިގަނޑު ބާއްވާނެއެވެ.

ޕެލޭ މަރުވުުގެ ހިތާމާގައި ބްރެޒިލްގެ ދިދައިގެ ކުލަތަކުން ކްރިސްޓު ދަ ރިޑީމަރ ސްޓެޗޫ ދިއްލާލައިފި

އެއަށްފަހު އޭނާގެ ހަށިގަނޑު ގެންދިއުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ އުސް ގަބުރުސްތާން ކަމަށްވާ މެމޯރިއަލް ނެކްރޯޕޯލް އެކިއުމެނިކާ އަށެވެ ޕެލޭ ވަޅުލުމަށް ނިންމާފައިވާ ގަބުރުސްތާނަކީ، 1983 ވަނަ އަހަރު ހަދާފައިވާ 14،000 އަށް ވުރެ ގިނަ ވޮލްޓް ހުންނަ ގަބުރުސްތާނެކެވެ. އެގަބުރުސްތާނުގައި ޓްރޮޕިކަލް ބަގީޗާއަކާއި ރެސްޓޯރެންޓެއްގެ އިތުރުން ކާރު މިއުޒިއަމެއްވެސް ހުރެއެވެ.

މުޅި ބްރެޒިލް އަންނަނީ ޕެލޭ މަރުވުމުގެ ހިތާމާގައި ބައިވެރިވަމުން

އޭނާގެ ޖަނާޒާ ލަސްކޮށްފައި ވަނީ ބްރެޒިލްގެ މިހާރުގެ ރައީސް ޖައިރް ބޮލްސޮނާރޯގެ އަތުން ވެރިކަން ބަދަލުކުރުމަށާއި އިންތިހާބީ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހޯމަ ދުވަހުގެ ހެނދުނު ހުވާ ކުރެއްވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.