ރަޝްފޯޑް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
31 Dec 2022 | 19:50
މިރޭ ވެސް މެންޗެސްޓަރ މޮޅުކޮށްދިނީ ރަޝްފޯޑް!

އިގިރޭސި ޕްރެމިއާ ލީގުގައި ރަށުން ބޭރުގައި މިރޭ ވުލްވްސް އަތުން 1-0 ން މޮލުވެ މެންޗެސްޓަރ ޔުނައިޓެޑް ލީގުތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޓޮޕް ސްކޯރާ މާކަސް ރަޝްފޯޑަށް އެޓީމުގެ ކޯޗު އެރިކް ޓެން ހާގް ފުރުސަތު ދީފައި ނުވާއިރު، ބަދަލުގައި ކުޅެން ނުކުތް އާޖެންޓީނާގެ ޒުވާން ފޯވާޑް އަލެޖަންޑްރޯ ގާނާޗޯއަށް ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުލުމެއް ދެއްކިފައެއް ނުވެއެވެ.

އެރިކްސަންގެ ބަދަލުގައި ފްރެޑް ކުޅެން ނުކުންނަނީ

ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ނަމަވެސް މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު ފުރަތަމަ ހާފުގެ ކުލުން ނިމުނީ 0-0 ން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިރޭގެ މެޗުން މޮލުވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އޮތް މެންޗެސްޓާރ ޔުނައިޓެޑުން ދެވަނަ ހާފު ފެށީވެސް ބަދަލަކާއެކުގައެވެ. އަޚްލާގީ މައްސަލައަކާއި ހުރެ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދެވަނަ ހާފުގައި ކުޅެން ނުކުތީ ޒުވާން ފޯވާޑް އަލަޖެންޑްރޯ ގަނާޗޯގެ ބަދަލުގައެވެ.

މިއާއެކު މެންޗެސްޓަރގެ ހަމަލާތަށް ފުރަތަމަ ހާފަށްވުރެ ވަރުގަދަވެގެން ދިޔައެވެ. ނަތީއްޖާއެއްގެ ގޮތުން މިރޭގެ މެޗުގެ ފެނިގެންދިޔަ ހަމައެކަނި ގޯލް ފަހު ހާފުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނުކުތް ރަޝްފޯޑްއެވެ. މިއީ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަޝްފޯޑް ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 16 މެޗުން 32 ޕޮއިންޓް ހޯދައި މެންޗެސްޓަރ ޔުނައިޓެޑް ވަނީ ޕްރެމިއާ ލީގުގެ ހަތަރު ވަނައަށްކުރިއަށް ޖެހިލާފައެވެ. ތިންވާނާގައި ނިއުކާސަލް އޮތީ 33 ޕޮއިންޓާއި އެކުގައެވެ. އަދި ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނި 35 ޕޮއިންޓެވެ. ލީގުގެ އެއް ވަނާގައި އޮތީ 40 ޕޮއިންޓާއި އެކުގައި އާސެނަލްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.