އާސެނަލް ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
04 Jan 2023 | 04:31
މިސީޒަނުގައި އަމިއްލަ ދަނޑުގައި އާސެނަލް މޮލުވުމުގެ ސިލްސިލާ ނިމުމަކަށް

އިގިރޭސި ޕްރެމިއާ ލީގުގައި އަމިއްލަ ދަނޑުގައި އާސެނަލް، ނިއުކާސަލް ޔުނައިޓެޑާއި ވާދަކުރި މެޗު ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ން އެއްވަރުވެ މި ސީޒަނަުގައި އަމިއްލަ ދަނޑުގައި އާސެނަލް ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ 10 މިނެޓްތެރޭގައި އާސެނަލް އިން ވަނީ ނިއުކާސަލްގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. މިހާފުގައި އާސެނަލް އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓް ކުރި ނަމަވެސް، މިހާފުގައި ނިއުކާސަލް އިން ވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ރެފްރީ ނިއުކާސަލް ކުޅުންތެރިއަކަށް ރީނދޫ ކާޑް ދައްކަނީ

މިގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭގައި އެޓީމަށް ލިބުނު ކޯނަރަކުން އިގިރޭސި ޑިފެންޑަރ ކީރަން ޓްރިޕިއާ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެޓީމުގެ ބުރެޒިލް ފޯވާޑް ޖޯލިންޓަން ބޮލުން ފޮނުވާލުމުން ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. 

ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމުގެ ހަމަލާތައް ދިފާއިކުރުމުގައި ނިއުކާސަލްގެ ޑިފެންޑަރުން ވަނީ މޮޅުކުޅުމެއް ދައްކަދީފައެވެ، ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގައި ނިއުކާސަލް ބަލިވެފައި ނުވާއިރު މިރޭގެ މެޗާއި އެކު އެންމެ ފަހުން ކުޅުނު ހަ މެޗުގައި އެޓީމުކޮޅަށް ގޯލެއްވަދެފައި ނުވެއެވެ.

މިރޭގެ ގެ މެޗާއި އެކު އާސެނަލް އިން މެޗަކުން ބަލިނުވެ 10 މެޗު ފުރުހަމަކުރި އިރު، މި މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު ލީގު ތާވަލުގެ އެއްވަނާގައި އެޓީމު އޮތީ 44 ޕޮއިންޓާއި އެކުގައެވެ. އަދި މިރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 17 މެޗުން 35 ހަމަަަކޮށް ނިއުކާސަލް ޔުނައިޓެޑް މިވަގުތު އޮތީ ޕްރެމިއާ ލީގު ތާވަލުގެ ތިން ވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.