ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ އަލް ނަސްރަށް!
ކުޅިވަރު
31 Dec 2022 | 06:06
ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ އަލް ނަސްރަށް!

ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރު ކުޅުންތެރިޔާގެ ގޮތުގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރުއާއެކު ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ

އަދި މިދިޔަ ނޮވެންބަރު މަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އުވާލި ފަހުން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ސައުދީ އަރަބިއާގައި އަހަރަކު 173 މިލިއަން ޕައުންޑް ލިބޭނެ އެވެ. މި އެއްބަސްވުމުގެ އަސްލު މުއްދަތަކީ ހަތް އަހަރު ދުވަހެވެ. އަދި މި އެއްބަސްވުމުގައި ވާގޮތުން ކުޅުން ހުއްޓާލުމަށް ފަހު ރޮނާލްޑޯ ސައުދީގައި ފުޓްބޯޅަ އެމްބެސެޑައެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. އޭގެ މާނައަކީ މި ކޮންޓްރެކްޓްގެ މުއްދަތުގައި ރޮނާލްޑޯއަށް 1.2 ބިލިއަން ޕައުންޑް ލިބިގެންދާނެއެވެ.

މި ޓްރާންސްފަރ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނީ " ތަފާތު ލީގަކާއި، އައު ޤައުމެއްގައި މިފަދަ ތަޖުރިބާއެއްކުރަން ލިބުމުން އެކަމާ ވަރަށް އުފާވާކަމަށެވެ." އަލް ނަސްރުގެ ޕްރޮޖެކްޓަކީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއް ކަމަށާއި ޓީމުގެ ކުޅުންތެރިންނާއި ގުޅި މިޓީމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭން ބޭނުންވަކަމަށެވެ.

ސައުދީގެ ކުލަބް އަލް ނަސްރުން ރޮނާލްޑޯއަށް މަރިހަބާ ކިޔަމުން ބުނެފައިވަނީ މިއީ އެކުލަބުގެ އިތުރުން ސައުދީ ލީގަށާއި އެ ޤައުމުގެ ފުޓްބޯޅައަށް ޖުމްލަކޮށް ކުރިއަށް އޮތް ޖީލަށް މީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ވާގޮތުން ރޮނާލްޑޯއަށް އަހަރަކު 173 މިލިއަން ޕައުންޑް، މަހަކު 14.4 މިލިއަން ޕައުންޑް، ހަފްތާއަކު 3.33 މިލިއަން ޕައުންޑް، ދުވާލަކު 476000 ހަތަރު ލައްކަ ހައްދިހަ ހަ ހާސް ޕައުންޑް، ގަޑިއިރަކަށް 19982 ނަވާރަ ހާސް ނުވަސަތޭކަ އަށްޑިހަ ދެ ޕައުންޑް އަދި ސިކުންތަކު 5.5 ޕައުންޑް ލިބެއެވެ.

ކޮމެންޓް
މަނީ ލޯންޑްރީ
ތިޔަށްވުރެ މާރަނގަޅުވާނެ ޙަރަމްފުޅުކައިރީ ހުރި ފާޚާނާތައް ރަނގަޅުކޮށްލިއްޔާ!!!!
31 Dec 2022
ރާބެ ޙަސަން
އުއްމީދަކީ ރޮނާލްޑޯއަށް ހެޔޮވިސްނި މުސްލިނަކަށް ވުން
31 Dec 2022
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.