މެސީ ރެއާލް މެޑްރިޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
08 Jun 2024 | 15:23
ނަތީޖާތަކަށް ބަލާއިރު، މިވަގުތު އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް: މެސީ

ނެރެމުންދާ ނަތީޖާތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ރެއާލް މެޑްރިޑް ކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ރެއާލް މެޑްރިޑްގެ ޒަމާންވީ އެންމެ ބޮޑު ވާދަވެރިއާ، ބާސެލޯނާގެ ކުރީގެ ކެޕްޓަން މިހެން ބުނީ އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގަ އެވެ. އަދި މިހާރު އެމެރިކާގެ އިންޓަ މިޔާމީއަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ފޯވާޑް ފްލޮރިޑާގެ ނޫހެއް ކަމަށްވާ އިންފޮބެއިއަށް ދިން . އިންޓަވިއުގައި ނޫސްވެރިއާ ކުރި ސުވާލަކަށް ޖަވާބު ދެމުން މެސީ ބުނީ އޭނާ ދެކޭ ގޮތުގައި އެންމެ މޮޅު ޓީމަކީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަމަށެވެ. 

"ރެއާލްއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު މިވަގުތު، މިފަހަރުގެ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރީ  އެ ޓީމު. ނަތީޖާތަކަށް ބަލާނަމަ އެންމެ މޮޅު ޓީމަކީ ހަމަ ރެއާލް." މި ނިމުނު ސީޒަންގެ ސްޕެނިޝް ލީގާއި ސުޕަ ކަޕް ވެސް ކާމިޔާބުކުރި ރެއާލްއާ ބެހޭގޮތުން މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނި ގޮތުގައި ކުޅުމުގެ ވައްޓަފާޅި އާއި ފެންވަރަށް ބަލާއިރު އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށެވެ. އެގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމު ލައްވާ ކުޅުއްވާ ގޮތާމެދު މެސީ ވަނީ ގާޑިއޯލާއަށް ތައުރީފުކޮށްފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީ ރެއާލް މެޑްރިޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވައިރު، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައިވަނީ ރެއާލް މެޑްރިޑާއި އެންމެ ވާދަވެރި ބާސެލޯނާގައެވެ. އެގޮތުން އެޓީމައެކު މެސީ 17 ސީޒަން ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިާއިރު، މިހާތަނަށް ރެއާލް މެޑްރިޑް ކޮޅަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް މެސީކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.