ރިޕަރސް ރީ-ޔުނައިޓެޑާއި ރެޑް ވިންގްސް ވާދަކުރި މެޗުގެ ތެރެއިން ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު
05 Jun 2024 | 21:04
ވާދަވެރި ކުޅުމަކަށްފަހު ރިޕަރސް ރީ-ޔުނައިޓެޑް ބަލިކޮށް ރެޑްވިންގްސް ކުއާޓާ ފައިނަލަށް

"ދަ އަރައިވަލް އޭއާރުއާރުސީ ފުޓްސަލް ކަޕް 2024" ގެ ގުރޫޕް ސީގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ރިޕަރސް ރީ-ޔުނައިޓެޑާއި ރެޑް ވިންގްސް ވާދަކުރި މެޗު، ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެޑް ވިންގްސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ރިޕަރސް ރީ-ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ވައިޓް ކެޕްސް އަތުން 4-2 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ރެޑް ވިންގްސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބެކްޓޫބެކް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ރެޑް ވިންގްސް އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރިޕަރސް ރީ-ޔުނައިޓެޑުން ވެސް ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ރެޑް ވިންގްސްގެ އަހުމަދު ނައުޝާދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ސަމަދުއެވެ. މީގެ އިތުރުން މިމެޗުގައި ރިޕަރސް ރީ-ޔުނައިޓެޑުގެ ބަސްމާން އަހުމަދު އަދި މުހައްމަދު އިޝާން މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑް ވިންގްސްގެ އަހުމަދު ނައުޝާދު އެވެ.

މިނަތީޖާއެކު މުބާރާތުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ބާކީ އެއްމެޗު އޮއްވައި ރެޑް ވިންގްސް އިން ކުއާޓާގެ ފުރުސަތު ޔަގީންކުރިއިރު، މިމެޗުން ބަލިވި ރިޕަރސް ރީ-ޔުނައިޓެޑް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވައިރު، އެޓީމު މިވަގުތު އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައެވެ.

ޖޫން 01-15 އަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ޖުމްލަ 12 ޓީމު ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ކުއާޓާގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ދަ އެރައިވަލް ޓްރެވަލް ޓެބްލޮއިޑް އެވެ. އަދި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. 

މިމުބާރާތުގެ ކިޓްސް ޕާޓްނަރަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވޮއިސް އަދި އާރުއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
މުހަންމަދު
މި ފުޓްސަލް މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ހަލާކެވެ.
06 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.