އެންމެ ފަހުގެ ޗެންޕިއަން ޕޯޗުގަލްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ކުޅިވަރު
27 May 2024 | 02:42
ފުޓްސަލް ވޯލްޑްކަޕް 2024: ޗެންޕިއަން ޕޯޗުގަލް މޮރޮކޯއާއި އެއްގުރޫޕެއްގައި

އުޒްބަކިސްތާނުގައި މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ފުޓްސަލް ވޯލްޑްކަޕް 2024 ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.

އުޒުބަކިސްތާނުގެ ގަދީމީ އަވަށެއްކަމަށްވާ ސަމަރްކަންޑުގައި ބޭއްވުނު ގުރުލުމުގެ ރަސްމިއްޔާތުގައި އެންމެ ފަހުގެ ޗެންޕިއަން ޕޯޗުގަލް ހިމެނުނީ ގުރޫޕް އީގައެވެ. މިގުރޫޕްގައި ޕޯޗުގަލްގެ އިތުރުން ދެންއޮތީ ޕެނަމާ، ތަޖިކިސްތާން އަދި މޮރޮކޯއެވެ.

ގުރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު އުޒުބަކިސްތާނުގެ އިތުރުން ދެން އޮތީ ނެދަލޭންޑްސް ޕެރަގުއާއީ އަދި ކޮސްޓަރީކާ އެވެ. ގުރޫޕް ބީގައި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ބުރެޒިލްގެ އިތުރުން ދެން އޮތީ ކިއުބާ، ކްރޮއޭޝިއާ އަދި ތައިލެންޑް އެވެ.

ގުރޫޕް ސީގައި 2016 ވަނަ އަހަރުގެ ޗެންޕިއަން އާޖެންޓީނާގެ އިތުރުން ދެން އޮތީ ޔުކުރެއިން، އެންގޯލާ އަދި އަފްގާނިސްތާނެވެ. އަދި މިއީ 1948 ވަނަ އަހަރުގެ ފަހުން ފީފާ މުބާރާތެއްގައި އަފްގާނިސްތާން ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި ގުރޫޕް ޑީގައި މިފަހަރުގެ ފޭވަރައިޓުން ސްޕެއިންގެ އިތުރުން ދެން އޮތީ ކަޒަކިސްތާން، ނިއުޒިލޭންޑް އަދި ލީބިއާއެވެ.

މިއަހަރުގެ މުބާރާތުގައި އޭޝިއާގެ ޗެންޕިއަން އިރާން ލައްވާލީ ގުރޫޕް އެފްގައެވެ. މިގުރޫޕްގައި އިރާނުގެ އިތުރުން ދެން އޮތީ ވެނަޒުއޭލާ، ގުއަޓަމާލާ އަދި ފްރާންސް އެވެ.

2024 ސެޕްޓެންބަރު 14 އިން އޮކްޓޯބަރު 06 އަށް އުޒުބަކިސްތާނުގެ އަންޑިޖަން، ބުޚާރާ އަދި ތާޝްކެންޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 26 ގައުމަކުން ވާދަކުރާއިރު، މުބާރާތް ކުރުއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަށް ވެސް ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.