އަލް ފެއިހާ އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން
20 Apr 2024 | 17:23
މާނޭގެ ދެލަނޑާއެކު އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފެއިހާ 3-1 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރުން އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ކުޑަކޮށްފިއެވެ.

އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން މުހިންމު ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާއި ނުލައި އަލް ނަސްރުން ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ފެއިހާ އިންނެވެ. 

މިލަނޑު ފުރަތަމަ ހާފުގެ ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒަމްބިއާ ފޯވާޑް ފެޝަން ސަކަލާއެވެ. މިއީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އެންތަނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފެއިހާގެ ލަނޑަށްފަހު އަލް ނަސްރުން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އެގޮތުން މިހާފުގައި މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް އެޓީމުގެ ޕޯޗުގަލް މިޑްފީޑަރު އޮޓާވިއޯގެ އިތުރުން ސެނަގާލް ފޯވާޑް ސަޑިއޯ މާނޭ، އަދި ސައުދީ ފޯވާޑް އަބްދުއްރަހުމާން ގަރީބުއަށް ވަނީ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. 

މީގެ އިތުރުން ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓިއެއް ވެސް ލިބިފައެވެ. ނަމަވެސް މާނޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ފެއިހާ ކުރީގައި އިވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އަލް ނަސްރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަބްދުﷲ އަލް އަމްރީ އެވެ.

މިއީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެލެކްސް ޓޭލްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ މާނޭ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު އޮޓާވިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ މާނޭއެވެ. މިއީ މިސީޒަނުގައި ސައުދީ ޕްރޮފެޝަނަލް ލީގުގައި ކުޅުނު 27 މެޗުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި އަލް ފެއިހާގެ ފޯވާޑް ސަކަލާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން އަލް ނަސްރަށް 68 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަކް ފެއިހާ އިން ލީގުގައި ކުޅުނު 28 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލު 11 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.