ފ. ނިލަންދޫ
23 Aug 2023
އަބްދުالله އަހްމަދު: ތަޢުލީމީ ޖީލެއްގެ ބައްޕަ!
މިއީ ތަޢުލީމީ އޮޑިއެއްގެ ދަތުރަށް ފަރިތަ، ކުޅަދާނަ އަދި އެހާމެ ކެރޭ މާލިމީއެއްގެ ވާހަކައެވެ. ދުރުވިސްނޭ ސިޔާސަތެއްގެ ވޮށުގެ އަލިކަމުން އާންމު ތަޢުލީމަކުން ތައުލީމުގެ އައު ހަރުފަތަކަށް ރަށެއް ގެންގޮސްދިން ތާރީޚީ ނާޛިރެއްގެ ވާހަކައެވެ. ރަށެއްގެ ތަޢުލީމީ ތާރީޚު ބަދަލުކޮށްލި ކުޅަދާނަ ހިންގުންތެރިއެއްގެ ވާހަކައެވެ. ތައުލީމީ ޖީލެއް ބިނާކުރި ހިޔާލެއްގެ އޮޅިގަނޑު ބަލަހައްޓައިދިން ތައުލީމީ ޖީލެއްގެ ބައްޕައެއްގެ ވާހަކައެވެ. އާދެ! ފ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ފ ނިލަންދޫ އަތިރީގޭ އަބްދުﷲ އަޙްމަދު (49 އަހަރު) ގެ ކާމިޔާބު ތައުލީމީ ހަޔާތުގެ ވާހަކައެވެ.
18 Aug 2023
"ނިލަންދޫ ތަރައްގީ ކުރާނީ އިޤްތިޞާދީ ހަބަކަށް ހެދުމުގެ ވިސްނުން ބަހައްޓައިގެން"
ނިލަންދޫ ތަރައްގީކުރާނީ ސަރަހައްދީ ތަރައްގީއަށް މަގުފަހިވާގޮތަށް، އެ ވިސްނުންފުޅުގައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
18 Aug 2023
"އަހަރުގެ މެދުތެރެއިންވެސް އިތުރު އެއް މަހުގެ ޗުއްޓީއެއް ދޭނަން"
ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Aug 2023
ފ އަތޮޅު ވޮލީބޯޅައިގައި ފީއަލީން ކުރަމުން އައި ތާރީޚީ ރަސްކަން ނިމުމަކަށް!
މެދުރާއްޖެ ސަރަހައްދުގެ ވޮލީބޯޅައިގައި ފީއައްޔަކީ އެންމެ ނަން ވިދާނެ އެއްރަށެވެ. އެ ސަރަހައްދުގެ ނިސްބަތުން ވޮލީގެ ހުނަރުވެރި ކުޅުންތެރިން އެއް ފަސްގަނޑެއްގައި އެންމެ ގިނަ އެއްރަށްވެސް މެއެވެ. ވަކިން ޚާއްސަކޮށް ފ އަތޮޅު ވޮލީ ބޯޅައިގެ ރަސްކަމުގެ ތަޚުތުގައި ޒަމާނުއްސުރެ ރަސްކަންވެސް އަދި ރަނިކަންވެސް ކުރަމުން އައީ ފީއަލީގެ އަންހެން އަދި ފިރިހެން ވޮލީޓީމުތަކެވެ. އެހެން ނަމަވެސް އެއީ އިއްޔެއާއި ރޭ ކުޅެވުނު ފ އަތޮޅު ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލާއި ހަމައަށެވެ. އަތޮޅުވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަން ގެ ޗެމްޕިއަންކަން ނިލަންދޫއިން، އަދި އަންހެން ޑިވިޜަން ގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދުމާއެކު ފ އަތޮޅު ވޮލީގައި ފީއަލީން ކުރަމުން އައި ރަސްކަން ނިމުމަކަށް އައީއެވެ.
28 May 2023
"ސަރުކާރާ އެއްކޮޅަށް މަޖިލިސް މެންބަރުން ވަކާލާތުކުރުން މުހިންމު"
މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި ގަރާރުތަކުގައި ސަރުކާރަށް ތާއީދުކޮށް މެންބަރުން ވަކާލާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
27 May 2023
ނިލަންދޫ ކައުންސިލުން ރައްޔިތުންގެ ފަރާތުން 7 ކަމެއް ރައީސަށް ހުށައަޅައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ރަށު ކައުންސިލުން ރައްޔިތުންގެ ފަރާތުން 7 ކަމެއް ހުށައަޅައިފި އެވެ.
27 May 2023
ނިލަންދޫ ދާއިރާގެ މެމްބަރު މުޙުސިން އެމްޑީޕީއަށް ސޮއިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުޙުސިން ޙަމީދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
27 May 2023
"ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، އުއްމީދެއް ހޯދައިދެވިގެން"
ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
27 May 2023
ރައީސްގެ ދެކަނބަލުންނަށް ނިލަންދޫއިން ހޫނު މަރުހަބާއެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ނިލަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
24 May 2023
‏ނިލަންދޫ އާއި ބިލެތްދޫ ބަނދަރު ތަރައްޤީކުރަން އެމްޓީސީސީއަށް
ފ. ނިލަންދޫ އާއި ފ. ބިލެތްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.