ނިލަންދޫ ޖަލްސާގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
18 Aug 2023 | 09:29
ބޮޑު ޗުއްޓީ މައްސަލައިގައި މުޢިއްޒުގެ ހައްލު: އަހަރުގެ މެދުތެރެއިންވެސް އެއް މަހުގެ ޗުއްޓީއެއް ދިނުން!

ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދުއަށް ވަޑައިގެން ރޭ އެރަށު ބޭއްވި ޖަލްސާގައި މުޢިއްޒު ވަނީ، އޭނާއަށް ވެރިކަން ލިބިލައްވައިފި ނަމަ، 2025 ވަނަ އަހަރުން ފެށިގެން ސުކޫލު ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. 

އެކަމާއި ގުޅިގެން ރިސޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަން ފާހަގަކުރައްވައި، އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލަ ހައްލު ކުރާނެ ގޮތުގެ ތަފްސީލް ދެއްވަމުން ފ. ނިލަންދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރި ނަމަވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އާއިލާތަކަށް އެއްވެސް ގެއްލުމެއް ނުދެއްވާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދުތެރެއިން ހަތަރު ހަފްތާގެ ޗުއްޓީއެއް ސްކޫލް ދަރިވަރުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަހަރުގެ މެދުތެރޭގައި ހަތަރު ހަފްތާގެ ސްކޫލް ބަންދެއް އަޅުގަނޑުމެން ހަމަޖައްސާނެ ވާހަކަ. ހަތަރު ހަފްތާ ލިބޭނެ ޖޫން/ޖުލައިގެ ތެރޭގައި. ހަތަރު ހަފްތާ ހިމެނޭ ސްކޫލް ޗުއްޓީއެއް އަހަރު މެދުތެރެއިން ވެސް ލިބިގެންދާނެ، އަހަރުގެ ފަހުކޮޅު އޮންނަ ބޮޑު ބަންދުގެ އިތުރަށް،" 

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު ވިދާޅުވީ މިގޮތަށް ހަމަޖެއްސުމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެ ފަރާތްތަކުގެ އާއިލާއާއެކީގައި ވަގުތު ހޭދަކުރަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ކަން މި ގޮތަށް ނިންމީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. މި ގޮތަށް ބަދަލުކުރުމުން ވެސް އަހަރު ތެރޭގައި ކިޔަވަން ބޭނުންވާ ހުރިހާ ގަޑިއެއް ހަމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން