ނިލަންދޫގައި ބޭއްވި ޖަލްސާގައި ޑރ މުއިއްޒު ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
18 Aug 2023 | 13:30
ނިލަންދޫ ތަރައްގީ ކުރާނީ އިޤްތިޞާދީ ހަބަކަށް ހެދުމުގެ ވިސްނުން ބަހައްޓައިގެން: ޑރ މުއިއްޒު

ފ. ނިލަންދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ސަރަހައްދީ ތަރައްގީއަށް އަދި ފ އަތޮޅާއި ދ އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއްކަން ގަބޫލުފުޅު ކުރައްވާކަމަށާއި، ނިލަންދޫ ތަރައްގީކުރާނީ ސަރަހައްދީ ތަރައްގީއަށް މަގުފަހިވާގޮތަށް، އެ ވިސްނުންފުޅުގައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ފ އަތޮޅު ނިލަންދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ނިލަންދޫއަކީ ތަރައްގީގެ ގިނަ ކަންތައްތަކެއް ހިންގިދާނެ، އަދި ރައްޔިތުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެ ރަށުގެ ހިންގުމަށް އެދޭ ރަށެއް ކަމަށެވެ. އަދި ނިލަންދޫ ތަރައްގީ ކުރުމަކީ ފ އަތޮޅާއި ދ އަތޮޅުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

ޑރ މުހައްމަދު މުއިއްޒު

"ނޫޑަލް ޑިވެލޮޕްމަންޓުގެ ވިސްނުމުން ވިސްނާއިރުގައި މި ސަރަހައްދުގައި ތަރައްގީގެ އެންމެ މުހިންމު މަޝްރޫއުތައް ހިނގަންޖެހޭނީ، މި މުޅި ސަރަހައްދަށް، ފ އަތޮޅާއި ދ އަތޮޅަށް، މި ސަރަހައްދަށް އެންމެ ގިނަ ނަފާވާނީ މި ރަށަށް (ފ ނިލަންދޫ) އަށް އިސްކަން ދީގެން މި ރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަން"

ޑރ މުހައްމަދު މުއިއްޒު 

ސަރަހައްދޫ ތަރައްގީއަށް މުހިންމު ހަބެއްގެ ގޮތުގއި ނިލަންދޫ ތަރައްގީކުރުމަށް ޑރ މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ނިލަންދޫގައި ކުރިއަށް ގެންދާނެ ބައެއް މުހިންމު މަޝްރޫއުތަކަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

ފ ނިލަންދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް 

1. ބަނދަރުގެ ހެނދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާނަން

2. ނިލަންދޫގެ މަގުތައް ތާރުއަޅެމާ ތަރައްގީކުރާނަން 

3. ސިއްހީ ޚިދުމަތް ފުޅާކޮށް މިހާރު ލިބެން ނެތް ޚިދުމަތްތައް ތައާރަފުކޮށް ސިއްހީ ނިޒާމު ވަރުގަދަކުރުން 

4. ރޯ ހައުސް ނުވަތަ ފްލެޓު ހަދައިގެން ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުން 

ނިލަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން 

ޑރ މުއިއްޒު ވިދާޅުވީ މި ރަށުގެ ރައްޔިތުން އެންމެ އެދޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން ހުށައެޅި މަޝްރޫއުތަކާއި، ޚިޔާލުތަކަށް އިޖާބަދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ. 

ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ފ އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފަ އެވެ. 

ފ މަގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް

1. ސުލޫލުގައި މަލްޓިޕާޕަސް ހޯލު އެޅުން

2. ބަނދަރު ބޮޑުކުރުން 

3.ފަޅު ހިއްކައިގެން 3 ރިސޮޓު ތަރައްގީކުރުން (މީ މުޅި އަތޮޅަށް ފައިދާ ލިބޭނެ ތަންތަންކަމުގައި ހެދުން)

ނިލަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން 

ފ ފީއަލީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް 

1. ރަނގަޅު ފެންވަރަކަށް ފީއަލީ މަގު ހެދުން 

2. ފީއަލީ ބަނދަރު ބޮޑުކުރުން 

3. ކަނޑު ޖެޓީ ތަރައްގީ ކުރުން 

4. ރަނގަޅު ފެންވަރެއްގެ ބަށި ކޯޓާއި ފުޓުބޯޅަ ދަނޑު ހަދައިދިނުން 

5. ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް އެޅުން 

ނިލަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން 

6. ފީއަލީގައި މިސްކިތެއް އެޅުން 

ބިލެއްދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް 

1. ބިލެއްދޫގެ ބަނދަރުގެ މައްސަލަ ޙައްލުކޮށްދިނުން 

2. ރަނގަޅު ފެންވަރެއްގެ ފުޓުބޯޅަ ދަނޑެއް ހެދުން 

3. ބިލެއްދޫގެ މަގުތައް ހެދުން 

4. ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުން 

5. އިންޑޯ ވޮލީ ކޯޓާއި ޖިމް އަދި ޔޫތު ސެންޓަރެއް ޤާއިމްކުރުން 

ނިލަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން 

ދަރަބޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަ މަޝްރޫއުތައް 

1. ފުޓުބޯޅަ ދަނޑާއި، ވޮލީ ކޯޓު އަދި ޔޫތު ސެންޓަރު އެޅުން 

2. ސުކޫލު އިމާރާތުގެ ދަތިކަން ހައްލުކޮށް މަލްޓި ޕާޕަސް ހޯލު އެޅުން 

3. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުން 

ޑރ މުއިއްޒު ވިދާޅުވީ މިހާރު ފ އަތޮޅުގައި ފަށާފައިވާ އެއްވެސް މަޝްރޫއަކީ، އޭގެން ރައްޔިތުންނަށް ގެއްލުން ނުވާނަމަ، ހުއްޓުވާނެ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ އަތޮޅަށް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

ޑރ މުއިއްޒު މެދުރާއްޖެތެެރެއަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި، ފ އަތޮޅަށް ވަޑައިގަތުމުން، އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ނިލަންދޫއިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ފ އަތޮޅުގެ ރަށްތަކުން ގިނަ ބަޔަކު ނިލަންދޫއަށް ގޮސް ޑރ މުއިއްޒުއަށް މަރުހަބާ ދަންނަވާފައި ވާއިރު، އެމަނިކުފާނު ވަނީ ވަކި ވަކިން އެކި ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތަކުގެ ވާހަކަ އައްސަވާފަ އެވެ. 

ފ އަތޮޅުގެ ދަތުރު ނިންމަވާދެއްލުމަށް ފަހު މ އަދި ވ އަތޮޅުގެ ރަށްތަކަށް ވެސް ޑރ މުއިއްޒު ވަޑައިގަތުމަށް އޮތީ ހަމަޖެހިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން