11 Dec 2022
ރައީސް ޞާލިހު، ފަރެސްމާތޮޑާ އަށް ފުރާވަޑައިގެންފި
ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސްމާތޮޑާގައި ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ފުރާވަޑައިގެންފިއެވެ.
27 Nov 2022
ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
22 Nov 2022
ރަތަފަންދޫގައި ޖަޕާންގެ އެހީގައި ހެދި ކްލާސްރޫމްތައް ހަވާލުކޮށްފި
ގދ. ރަތަފަންދޫގައި ޖަޕާނު ސަރުކާރުގެ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)އިން ގާއިމްކުރި ދެ ކްލާސްރޫމް ސްކޫލާ ހަވާލުކޮށްފިއެވެ.
12 Nov 2022
ތިނަދޫއިން މީހުން ބޭލި މައްސަލަ: އިތުރު 9 މީހުންގެ ބަޔާން ނަގައިފި
1996 ވަނަ އަހަރު ތިނަދޫއިން މީހުން ބޭލި ހާދިސާއަކީ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ކަމެއްކަން ފާހަގަކޮށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ އަޑުއެހުންތަކެއް ބާއްވާފައެވެ.
10 Nov 2022
ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢު ކުރިއަށް!
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
28 Oct 2022
ގދ. ހޯޑެއްދޫ ވަލުތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި
ގދ. އަތޮޅުގެ ފަޅުރަށެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ.
27 Oct 2022
މަރުގެ މައްސަލަ ބަލާކަށް ބޭނުމެއް ނޫން؛ ބޭނުމީ ދަރިފުޅުގެ މަސްގަނޑު
މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ގދ.ހޯޑެއްދޫއިން ހައްޔަރުކުރި ރަޝީދުގެ މަރުގެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ އޭނާގެ މަސްގަނޑު ވޭހާވެސް އަވަހަށް ވަޅުލާން ކަމަށް އޭނާގެ މަންމަ ބުނެފިއެވެ.
27 Oct 2022
ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނެސް ޕްރޮގްރާމެއް
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގދ.ކާޑެއްދޫ އެއަރޕޯޓުގެ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.