21 Jun 2023
ޢީދަށް ބޮޑުއަގުގައި އިންޑިއާ ބޭންޑެއް ގެންނާތީ ކެލާ ކައުންސިލް ހޫނުފެނަށް!
ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް، ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން، އިންޑިއާގެ މިއުޒިކް ކުޅޭ ބޭންޑެއް ގެނައުމަށް ހއ. ކެލާ ކައުންސިލުން ނިންމުމާއި ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ކައުންސިލަށް އަމާޒުވެއްޖެ އެވެ.