ޑރ މުއިއްޒު އެމްޑީޕީ ސަޕޯޓަރުންނާއި ސަލާންކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Aug 2023 | 12:03
މުޒާހަރާކުރަމުން ދިޔަ އެމްޑީޕީ ސަޕޯޓަރުންނާއި ސަލާންކޮށް މުއިއްޒު ނަމޫނާ ދައްކައިފި!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ތިލަދުންމައްޗަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ހއ ކެލާއަށް ވަޑައިގެންނެވި އިރު، އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި މީހުންނާއި ތަންކޮޅެއް ދުރުގައި ހުއްޓިގެން ތިބެ އެމްޑީޕީގެ ސަޕޯޓަރުން ގެންދިޔައީ އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާކުރަމުން ނެވެ. 

އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުން ގެންދިޔައީ އެމީހުން ގާތަށް ވަޑައިގެން ބައްދަލުކުރައްވަން މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ވާހަކައެވެ. އަދި އެމީހުންގެ އަޑުއެހުމުގެ ބަދަލުގައި ކާރުކޮޅަށް އަރާވަޑައިގެން މުއިއްޒު އެތަނުން ވަޑައިގަންނަވާނީ ކަމަށެވެ. 

އެހެން ނަމަވެސް، އެމީހުން މުޒާހަރާކުރަމުން ދަނިކޮށް، ފެނުނީ ޑރ މުއިއްޒުގެ އިސްތިގުބާލުގައި ތިބި މީހުންނާއި ސަލާމްކުރުމަށްފަހު ވޭނަށް އަރާވަޑައިގަތުމަށް ވަޑައިގެން، ވަކި ހިސާބަކުން އަނބުރާލައްވާ ހިންގަވާފައި އެމްޑީޕީގެ ސަޕޯޓަރުން ތިބި ހިސާބަށް ވަޑައިގެންނެވި ތަނެވެ. އަދި އެވަގުތުގައި އެތަނުގައި އެމްޑީޕީގެ ދިދަތައް ހިފައިގެން ތިބެ މުއިއްޒާއި ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ އެންމެނާއި ވަކިވަކުން ސަލާމްކުރެއްވި އެވެ.

އެމީހުން ޑރ މުއިއްޒަށް ވޯޓު ނުދޭނެކަމަށާއި، މުއިއްޒާއި ދެކޮޅުކަމަށް ފާޅުގައި ބުނަމުން ގެންދަނިކޮށް ވެސް ޑރ މުއިއްޒު ހިނިތުންވުމާއެކު އެމީހުންނާއި ސަލާންކުރައްވަމުން ގެންދިޔައެވެ. އަދި ޑރ މުއިއްޒު އެމްޑީޕީގެ މެމްބަރުންނާއި ސަލާމްކުރައްވަމުން ގެންދެވިއިރު، އެތަނުގައި ތިބި ޕީޕީއެމް ސަޕޯޓަރުން ގެންދިޔައީ އެމަނިކުފާނަށް ތަރުހީބު ދީ "ސާބަސް" ދެމުންނެވެ. 

އެމްޑީޕީގެ މެމްބަރުންނާއި ސަލާމްކުރެއްވުމަށްފަހު ޑރ މުއިއްޒު ވޭނަށް އަރާވަޑައިގަތުމަށް ވެސް ދިޔައީ ހިންގަންވާފައެވެ. 

ޑރ މުއިއްޒާއި ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކާއި ދޭތެރޭގައި އެމަނިކުފާނު ކަންތައް ކުރެއްވި ގޮތާއި، އަދި އެމީހުންނާއި ބައްދަލުކުރައްވާ ސަލާމްކުރެއްވުމުގައި އަމަލުކުރެއްވި ގޮތަށް އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ތައުރީފު ކުރައްވާފަ އެވެ. 

ޑރ މުއިއްޒު ކެލާގައި މުޒާހަރާކުރި އެމްޑީޕީގެ ސަޕޯޓަރުންނާއި ސަލާންކުރައްވަނީ

"އަޅުގަނޑުމެން މި އުޅެނީ ދިވެހީންގެ ރާއްޖެއެއް ބިނާކުރަން. އަޅުގަނޑުމެންގެ ޝިއާރަކީ ދިވެހީންގެ ރާއްޖެ. އެހެންވީމަ ދިވެހީންގެ ރާއްޖެއެއް ދިވެހީންނަށް ހޯދައިދޭން އުޅުއްވާ ކެންޑިޑޭޓަކު ޖެހޭނެ ހުރިހާ ފިކުރެއްގެ ހުރިހާ އެންމެންނާ ވެސް ވާހަކަ ދެއްކެން، ސަލާން ކުރެވެން،"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

ސިޔާސީ ލީޑަރުން ރަށްތަކަށް ވަޑައިގަތުމުން، އެ ލީޑަރުންނާއި ދެކޮޅަށް މުޒާހަރާކުރުމަކީ އަބަދުވެސް ކުރާ ކަމެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރަށްތަކަށް ވަޑައިގަންނަވާއިރު ވެސް ރައްޔިތުން ނިކުމެ ޝުއޫރު ފާޅުކުރުމަށް މަސައްކަތް ކުރެއެވެ. 

އެހެން ނަމަވެސް އެމީހުންނާއި ބައްދަލުކޮށް، އެމީހުންގެ ޝުއޫރުތައް އަޑުއަހާ އެމީހުންނާއި ސަލާންކުރުމަށް ވަޑައިގަންނަވާތަނެއް ނުފެއެވެ. އޭގެ ބަދަލުގައި ފެނިގެން ދަނީ އެސްއޯ ފުލުހުން ރަށްތަކަށް އަރުވާ މުޒާހަރާކުރާ މީހުން ވަކި ސަރަހައްދުތަކެއްގައި ބަންދުކޮށް، ރަށުގެ އެކި ސަރަހައްދުތައް ކޯޑޮކްކޮށް ޓޭޕުދަމާ ރައީސް ޞާލިހުގެ ފައިންޕުޅު ނުފެންނަހާ ދުރަށް މުޒާހަރާކުރާ މީހުން ޖައްސަމުންދާ މަންޒަރެވެ. 

މުޒާހަރާކުރާ މީހުން ސަރަހަދުން ދުރުކުރުމަށް ފުލުހުން ހަރަކާތްތެރި ވަނީ

އެކަމުގެ ސަބަބުން ރަށްތަކުގެ މަޝްރަހު ހޫނުވެ، ގިނަ ބަޔަކަށް އަނިޔާވެ، އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުއްޓެވެ. 

އެހެން ނަމަވެސް ޑރ މުއިއްޒުގެ ފަރާތުން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. އެއީ ސިޔާސީ ލީޑަރުން ދައްކަންޖެހޭ މިސާލެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ޑރ މުއިއްޒު އެކަން ކުރެއްވި ގޮތަށް ތައުރީފުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި