ކެލާގައި އިހްތިޖާޖު ކުރަނީ--
ހަބަރު
20 Jul 2023 | 15:05
ރައީސް ޞާލިހު ކެލާ އަށް ވަޑައިގެންނެވުމުން އިސްތިއުފާއަށް ގޮވައި އިހްތިޖާޖު ކޮށްފި!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ ކެންޕެއިނަށް ތިލަދުންމަތީ އުތުރުބުރި އަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ކެލާ އަށް ވަޑައިގެންނެވުމުން، އިސްތިއުފާ އަށް ގޮވާލައި އިހްތިޖާޖު ކޮށްފިއެވެ. 

ރައީސް ޞާލިހު ކެލާ އަށް ވަޑައިގެންނެވުމުން ކެލާގެ ޕީޕީއެމް ސަޕޯޓަރުންތަކެއް އެއްވެ، "ޗޯރޭ" އޭ ގޮވައި ވެރިކަމުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ. އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ވެސް އެ އިހްތިޖާޖު ގެ ބައިވެރިން ވަނީ ގޮވާލާފައެވެ. 

ކެލާގެ އިހްތިޖާޖު ގެ ބައިވެރިން ރައީސް ޞާލިހު ހުންނެވި ސަރަހައްދާއި ދުރު ކުރުމަށް މަގު ބަންދު ޓޭޕް އަޅައި، ފުލުހުން އެ ސަރަހައްދު ބަންދު ކޮށްފައިވާއިރު, ފުލުހުން ވަނީ އިހްތިޖާޖު ގެ ބައިވެރިންނަށް ހުރަސް އެޅުމުގެ މަސައްކަތް ވެސް ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ރައީސް ޞާލިހުގެ ބައްދަލުމުގެ ތެރެއަށް ކެލާ ކައުންސިލްގެ މުވައްޒަފުންނަށް ވަދެވުނު އިރު, އެއްވެސް ކައުންސިލަރަކަށް އެ ފުރުސަތު ނުދޭ ކަމަށްވެސް އިހްތިޖާޖު ގެ ބައިވެރިއެއް ވަނީ ބުނެފައެވެ. ކެލާ ކައުންސިލަކީ އިދިކޮޅު ޕީޕީއެމްގެ އަގުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. 

ރައީސް ޞާލިހު ހއ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުއްޓަށާ އިހަވަންދޫ އަށް ވަޑައިގަތުމުން ވެސް ރައީސް ޔާމިނުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. ހަމަ އެއާއެކު ރައީސް ޞާލިހުގެ އިސްތިއުފާއަށް ވެސް އިހްތިޖާޖު ތަކުގެ ބައިވެރިން ވަނީ ގޮވާލާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި