އަބްދުއްރަހީމް ކެލާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Oct 2022 | 09:32
2023 އަންނަ އިރު އިބްރާހިމް މުހައްމަދު ސޯލިހު ދަންނަ ސިޔާސީ ލީޑަރަކު ނުހުންނާނެ: އަބްދުއްރަހީމް

2023 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވާއިރު އިބުރާހިމް މުހައްމަދު ސޯލިހު ދަންނަ ސިޔާސީ ލީޑަރެއް ނުހުންނާނެކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ކެލާގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގައުމު މިހާރު މި އޮތް ހާލަތަކީ ބަޔަކު ގަސްދުގައި ރާވައިގެން ވައްޓާލި ހާލަތެއްކަމަށެވެ. އަދި މި ކަމުގައި ކޯލިޝަންގެ ލީޑަރުން ފުރިހަމައަށް ޝާމިލްވާކަމަށެވެ. 

އެހެން ނަމަވެސް އަނެއްކާވެސް ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު މި މީހުން ކުރިން ދެއްކި ވާހަކަ ހަނދާން ނުހުންނާނެކަމަށާއި، އަނެއްކާވެސް އާ ކަންތައްތަކެއް ވިއްކުމަށް އެމީހުން އަންނާނެކަމަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހު ޕްރޮމޯޓުކޮށް ވާހަކަދެއްކި މީހުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެއީ ކާކުކަންވެސް ހަނދާން ނުހުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މާދަމާ. ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު އިބުރާހިމް މުހައްމަދު ސޯލިހު ދަންނަ އެއްވެސް ސިޔާސީ ލީޑަރަކު ހިޔެއް ނުވޭ ރާއްޖޭގައި ހުންނާނެހެނެއް"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ލީޑަރުން ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް މި ގައުމުގެ ހާލަތު ރައްޔިތުން ވަޒަންކުރަންވާނެކަމަށެވެ. ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުވެފައިވާ މިންވަރާއި އިގްތިސާދު ހީނަރުވެފައިވާ މިންވަރު އެއީ އާންމު ރައްޔިތުންނަށް ވަޒަން ކުރެވޭނެ ކަންކަމުގެ ގޮތުގައި އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. 

އެއާއެި ގުޅުވާ އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބު ބޯމަތިވީމާ ރައްޔިތުން ގުބޯ ހެއްދުމަށް އަންނަ ސިޔާސީ ލީޑަރުންނާއި މެދު ރައްޔިތުން ފާރަވެރިވާން ޖެހޭކަމަށެވެ.

އަދި އެމީހުން މީގެ ކުރިން ރައްޔިތުން ގާތުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެމީހުން ޖަވާބުދާރީ ކުރުވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.