ހޭންޑްބޯޅަ މޯލްޑިވްސް
11 Sep 2024
ތަފާތުބޮޑު ނަތީޖައަކުން ވެމްކޯ ބަލިކޮށް އިމިގްރޭޝަނުން އަންހެން ޑިވިޝަން ތަށި ދިފާއުކޮށްފި
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ފައިނަލުގައި ފަސޭހަކަމާއެކު 42-23 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެމްކޯ ބަލިކޮށް، އިމިގްރޭޝަނުން މުބާރާތުގެ ޗެންޕިއަންކަން ދިފާއުކޮށްފިއެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން މިމުބާރާތް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ.
11 Sep 2024
ވެމްކޯ ބަލިކޮށް ފިރިހެން ފުރަތަމަ ޑިވިޝަން ޗެންޕިއަންކަން އެމްޕީއެލް ދިފާއުކޮށްފި
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަން ފައިނަލުގައި ފަސޭހަކަމާއެކު 25-45 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެމްކޯ ބަލިކޮށް، އެމްޕީއެލް މުބާރާތުގެ ތަށި ހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ. އަދި މިއީ އެޓީމުން ޖެހިޖެހިގެން މިމުބާރާތް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.
04 Sep 2024
ހޭންޑްބޯޅަ އިންޓަނޭޝަނަލް ކޯޗިންގ ޕްރޮގުރާމުގައި ބައިވެރިވުމަށް އަޒުހަމް ޖަރުމަނަށް!
ރާއްޖޭގެ ތަޖުރިބާކާރު ހޭންޑްބޯޅަ ކޯޗު، ހުސައިން އަޒްހަމް ޔުނިވާސިޓީ އޮފް ލެއިޕްޒިގް އިން ހިންގާ ހަ މަސް ދުވަހުގެ އިންޓަނޭޝަނަލް ކޯޗިންގ ޕްރޮގުރާމެއްގައި ބައިވެރިވުމަށް ޖަރުމަނަށް ދިއުމަށްޓަކައި އާދިއްތަ ދުވަހު ފުރައިފިއެވެ.
24 Aug 2024
އެމްޑަބުލިޔުއެސްސީ އަތުން މޮޅުވެ، ޕޮލިސް ކުލަބުން ފައިނަލުގެ އުންމީދު ދަމަހައްޓައިފި
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި މިރޭ އެމްޑަބުލިޔުއެސްސީ އާއި ޕޮލިސް ކުލަބް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 27-34 ގެ ނަތީޖައަކުން ކާމިޔާބުކޮށް ޕޮލިސް ކުލަބުން މުބާރާތުގެ ފައިނަލުގެ އުންމީދު އައުކޮށްފިއެވެ.
19 Aug 2024
ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ބަލިކޮށް އެމްޕީއެލް އިން ފެށުން ރަނގަޅުކޮށްފި
8 ވަނަ މައިލޯ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެންޕިއަން އެމްޕީއެލް އާއި ޕޮލިސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 41-33 ގެ ނަތީޖާއަކުން އެމްޕީއެލް ކާމިޔާބުކޮށްފިއެވެ.
18 Aug 2024
އޮފީސް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޕޮލިސް ކުލަބުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފި
8 ވަނަ އިންޓަރ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024 ގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޕޮލިސް ކުލަބު ފިިރިހެން ޓީމުގެ ކުޅުންތެރިންނާއި ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ބާއްވައިފިއެވެ.
13 Jul 2024
އައިއެޗްއެފް ޓްރޮފީ: ނޭޕާލް ބަލިކޮށް ދިވެހި 20 އަހަރުންދަށުގެ ޓީމު ބްރޯންޒް މެޑަލް ހޯދައިފި
އިންޑިއާގައި މިހާރު ކުރިއަށް އައިއެޗްއެފް ޓްރޮފީ 2024 ގައި 20 އަހަރުންދަށުގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި ފަސޭހަކަމާއެކު 33-23 ގެ ނަތީޖައަކުން ނޭޕާލް ބަލިކޮށް ރާއްޖެއިން މުބާރާތުގެ ބްރޯންޒް މެޑަލް ހޯދައިފިއެވެ.
13 Jul 2024
އައިއެޗްއެފް ޓްރޮފީ: ދިވެހި ޓީމު ބަލިކޮށް 18 އަހަރުންދަށުގެ ތިންވަނަ ނޭޕާލުން ހޯދައިފި
އައިއެޗްއެފް ޓްރޮފީ 2024 ގައި މިއަދު މެންދުރު ކުޅުނު 18 އަހަރުންދަށުގެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 31-29 ގެ ނަތީޖައަކުން ރާއްޖެ ބަލިކޮށް ނޭޕާލުން ބްރައުންޒް މެޑަލް ހޯދައިފި އެވެ.