ހީނާ ވަލީދު
28 Apr 2024
ފުލެޓް ތަކުގެ މަސައްކަތް ނިމޭއިރު، ހައްގުވެރި ފަރާތްތަކަށް ފުލެޓް ދެވޭނެ
4000 ފުލެޓް އެޅުމުގެ މަސައްކަތް ނިމޭއިރު، ފުލެޓް ކޮމިޓީގެ މަސައްކަތް ނިމި، ފުލެޓްތައް އޭގެ ހައްގުވެރިންނަށް ދެވިގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
28 Apr 2024
ފުށިގިއްގަރުފަޅު މަޝްރޫއު ނުހުއްޓޭ: ހީނާ
ފުށިދިއްގަރުފަޅު ބިން ހިއްކާތަން ނުފެނުނު ނަމަވެސް އެ މަޝްރޫއު ނުހުއްޓޭ ކަމަށާއި، ކަނޑައެޅިފައިވާ ތާރީހަށް ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
28 Apr 2024
އަލަށް ހުށައަޅާ ގާނޫނުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށް އެބަދޭ: ހީނާ
ރައްޔިތުންގެ މަޖިލީހަށް އަލަށް ހުށައަޅަން ޖެހޭ ގާނޫނު ތައް ހުށައެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
23 Apr 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ، މި މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
22 Apr 2024
ރައީސް އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ސާފުވެއްޖެ: ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
އެމްޑީޕީގެ ވެރިކަމުގެ ވަނީ އިސްލާމްދީނުގެ ޙުރުމަތްކަނޑާފަ - ހީނާ
މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ދޭންޖެހޭ އިޙްތިރާމު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
18 Apr 2024
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސްގެ ނުފޫޒެއް ނެތްކަން މިއަދު ސާބިތުވެއްޖެ - ހީނާ
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒެއް ނެތްކަން މިއަދު ހާމަ ވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.