ހީނާ ވަލީދު
17 Jan 2023
"ރައީސް ޔާމީން ޖަލުގައި ހުންނެވިޔަސް އެމަނިކުފާނުގެ ކެމްޕޭނު ކުރިއަށް ގެންދާނަން"
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުބަންދުގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެކަމަށް އިދިކޮލުން ބުނެފިއެވެ.
04 Jan 2023
އިދިކޮޅުގެ ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއް: ހީނާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން އިއުލާނުކުރި ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއްކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
13 Dec 2022
"އިންސާނީ ހައްގުތަކާއިގުޅޭ މައްސަލަތަކަށް އެޗްއާރުސީއެމް އިން ރިއެކްޓެއްނުކުރޭ"
ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދިޔަ ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން ރިއެކްޓް ނުކުރައްވާކަަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
05 Nov 2022
"އައްޑޫއަށް ސަރުކާރުން ވެފައިވާ އިހުމާލު ރައްޔިތުން ދަނީ ހިއްސާކުރަމުން"
އައްޑޫ ސިޓީއަށް މި ސަރުކާރުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަމަށް އިދިކޮޅުން ބުނެފިއެވެ.
30 Oct 2022
"ކޯލިޝަން ބާކީކޮށް ރައީސް ޞާލިހު މަޝްވަރާކުރައްވަނީ އިމްރާނާ އެކަނި"
ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބާކީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަނީ ހަމައެކަނި އަދާލަތު ޕާޓީގެ ލީޑަރު އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އާ އެކަނި ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
21 Oct 2022
ދެން ވެސް ވައުދު ފުއްދާނީ ރައީސް ޔާމީން: ހީނާ
ދެންވެސް ވަޢުދުވެ ވަޢުދު ފުއްދޭނީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަދުގެ ސަރުކާރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
06 Oct 2022
"މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުނޑާލައިފި، ކަނޑު ފަޅުތައް ވިއްކާލައިފި"
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް ކުރިއެރުވުމަށް އެކުލަވާލާފައިވާ ސިޔާސަތު ފެއިލުވެފައިވާކަން ފާހަގަކޮށް އިދިކޮޅު އިއްތިހާދުން ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
27 Sep 2022
"އެކަކު ބުނީ އެހެންވާ ވައުދެއް ނޫނޭ، އަނެކަކު ބުނީ ވައުދުވީ ދިރާސާ ނުކޮށްކަމަށް"
އައްޑޫ ސިޓީގައި ޓުއަރިޒަމް ސިނާއަތު ފުޅާކުރުމަށް 8000 އެދުގެ ޖާގަ އުފައްދަވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދަށް ވީ ކިހެނެއްތޯ އައްސަވާ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ސުވާލު ކުރައްވައިފިއެވެ.