ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު
ހަބަރު
07 Feb 2023 | 16:00
ރައީސް ޔާމިން ނޫން ޗޮއިސް އަކަށް އިދިކޮޅު ކޯލިޝަނުން ނުދާނެ: ހީނާ

ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ނޫން ޗޮއިސް އަކަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންއިން ދިއުމަށް ސިއްރު މަޝްވަރާ ތަކެއް ކުރަމުންދާ ކަމަށް ބުނާ ވާހަކަ ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ދޮގު ކުރައްވައިފި އެވެ.

ރާއްޖޭގެ މީޑީއާ އަކުން ޔާމިން ނޫން ޗޮއިސް އަކަށް ޕީޕީއެމްގެ ތެރޭގައި ހިމޭން މަޝްވަރާއެއް ކުރެވެމުންދާ ކަމަށް ބުނެ ލިޔެފައިވާ އާޓިކަލް އެއް ޝެއަރ ކުރައްވައި ހީނާ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެއީ އެފަދަ މަޝްވަރާއެއް ނުކުރާ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި އެއީ "ކަނޑައެޅިގެން ހަޤީޤާތާ ޚިލާފު ވާހަކަތަކެއް ލިޔެފައިވާ އާޓިކަލް އެއް" ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. 

"ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމިން، މި ކޯލިޝަން އަކުން އެހެން ޗޮއިސް އަކަށް މަޝްވަރާ އެއް ނުކުރޭ، އިތުރު ޗޮއިސް އެއް ނެތް، ޕީޕީއެމް ޕީއެންސީ ގެ ހުރިހާ ޗޮއިސް އަކީ ރައީސް ޔާމިން" ހީނާ ގެ ޓްވީޓުގައި ވެއެވެ.

އެ އާޓިކަލްގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ބުނިކަމަށް ބުނެ ލިޔެފައިވަނީ ޕީޕިއެމްގެ ތެރޭގައި ދެފެކްޝަނަކަށް ބެހިފައިވާ ކަމަށެވެ. އަދި ރަސްމީގޮތުން އެކަމަށް އިންކާރު ކުރިނަމަވެސް އެއީ އެކަން ހިނގަމުން އަންނަ ގޮތް ކަމަށް އޭނާ ބުނެފައިވެއެވެ. 

އެއާޓިކަލް ގައި ބުނެފައިވަނީ ޕީޕީއެމްގެ ތެރެއިން އެ ޕާޓީއަށް ވަފާތެރި، ރައީސް ޔާމީނާ އަރިސް ގިނަ ބަޔަކު މިހާރު ބާކީކޮށްލަމުން އަންނަ ކަމަކީ އެ މީހުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާ ރިޔާސީ ޓިކެޓު ހާސިލްކުރުމަށް މުޑި ނަގައިގެން ހުންނެވި ބޭފުޅަކު ނުވަތަ ބޭފުޅުންތަކަކާ އެ މީހުންގެ ވިސްނުން އެއްގޮތް ނުވުމަކީ އެތެރޭގެ ގިނަ ކަންތައްތަކަކުން އެ މީހުން ބާކީ ކުރަމުން އަންނަ ސަބަބެއްކަމަށް އެ ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް، ކުރީ ސަފުގައި ހަރަކާތްތެރިވާ އެކްޓިވިސްޓަކު އެ މީޑިއާއަށް ބުނިކަމަށެވެ. 

އަދި މިހާރު އެބޭފުޅުނަން ޕާޓީ އޮފީހަށް ވަދެ މައްޗަށް އެރުން ވެސް މަނާ ކަމަށާއި ވަގެއްގެ ގޮތުގައި ލޭބަލްކޮށްފި ކަމަށްވެސް ބުނެފައިވެއެވެ. ސެނެޓަރުން ހޮވަން ބޭއްވި އިންތިޚާބުގައި ވެސް ވަކި ލިސްޓެއް ހަދައި އެއަށް ވޯޓުލައި، ރައީސް ޔާމީނަށް އެންމެ ވަފާތެރި އެންމެން ތިބީ ކަޓުވައިލައިފައި ކަމަށާއި، ލީޑާޝިޕުގެ ބައެއް މެމްބަރުން ހޮވަން ބޭނުންވި މީހުން ހޮވަން އެ މީހުންގެ ފޮޓޯ ހޯދައިގެން ގެނެސް ވަކި ބަޔަކު ހޮވީ ކަމަށް ވެސް ބުނެފައިވެއެވެ. 

ކޮމެންޓް
އަލީ ރަޝީދު
ހީނާ އިތުރު ޗޮއިސްއަކަށް ނުދިޔަސް، މުއިއްޒުމެން ކެމްޕޭނު ދާނީ ކުރިޔަށެވެ. ތަފްސީލް އަންނަނީ…..
07 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.