އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
04 Jan 2023 | 15:50
އިދިކޮޅުގެ ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއް: ހީނާ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން އިއުލާނުކުރި ހަރަކާތަކީ މާކުރިން ރާވާފައިވާ ހަރަކާތެއްކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. 

ހީނާ މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއް މިރޭ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވުމަށް ނިންމާފައިވަނިކޮށް ޕީޕީއެމްގެ ހަރަކާތެއް އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ނިންމީ އެ ޖަލްސާއަށް އުނދަގޫކުރުމަށް ކަމަށް ދެކެވޭ ވާހަކަދައް ދޮގުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން ހީނާ ވިދާޅުވީ އިދިކޮޅުގެ އެ ހަރަކާތަކީ މާ ކުރިން ހާވައިފައިވާ ހަރަކާތެއްކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް މާލޭ ސީޓީ ކައުންސިލްގެ ހުއްދަވެސް ލިބިފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އިދިކޮޅުން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ޚާއްސަ ހަރަކާތެއް ބާއްވަން އިއުލާނުކޮށްފައިވާއިރު، އިދިކޮޅުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މާލޭގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލަމުންނެވެ. އަދި ސިލްސިލާގޮތެއްގައި މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. 

އެހެންކަމުން، މިރޭ 8:45 ގައި އޮންނަ އެ ހަރަކާތަކީ އެއްވެސް ހާލަތެއްގައި ރައީސް ސޯލިހުގެ ޖަލްސާ ބާއްވާތީ ކުރިއަށް ގެންދާ ހަރަކާތެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.