ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ/ޕީޕީއެމް
ހަބަރު
25 Jan 2023 | 09:11
އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް: ހީނާ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި މެދު އިދިކޮޅު ކޯލިޝަންގެ އެއްވެސް ޝައުގުވެރި ކަމެއް ނެތް ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. 

އިދިކޮޅު ކޯލިޝަނުން އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑު ކުރަން އުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތުހުމަތު ކުރެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ހީނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޕްރައިމަރީ އާއި މެދު އިދިކޮޅުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށެވެ. 

އަދި މިވަގުތު އިދިކޮޅުގެ ހުރިހާ ސަމާާލު ކަމެއް ދެެވިފައިވަނިީ ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޔާމީން އަބްދުލްގައްޔޫމް އަށް ކުރި "ހަރާމް" ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ރައީސް ޔާމީންގެ  ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް" ހީނާ ވިދާޅުވިއެވެ. 

ޕްރައިމަރީގެ ކެމްޕެއިނުގައި އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮންނަ ދުވަސް ކުޑަތަންވެފައިވާއިރު ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތަކެއް [ސިޔާސީ ޕާޓީތައް] ޖެހެމުން އަންނަ ކަމަށެވެ.

“ސާފުކޮށް އެމްޑީޕީ އަށް ވެރިކަމުގައި ދެމިތިބެ އޮތްކަން އެނގޭތީ، އެކަމަށް ހުރަސް އަޅަން އޮތް ކަންކަން އެބޭފުޅުން (އިދިކޮޅުން) އެ ކުރައްވަނީ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް އެބޭފުޅުންނަށް ވާދަ ކޮށްލެވެން އޮތީ މީގެތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެބޭފުޅުން ނިކުމެ އެތިބީ،” ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.