ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ---ފޮޓޯ: ޕީޕީއެމް
ހަބަރު
22 Jan 2023 | 22:44
ރައީސް ޞާލިހްއަކީ މަގާމް ދިފާއު ކުރުމަށް ކޮންމެ ފަދަ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ބޭފުޅެއް: ހީނާ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއަކީ މަޤާމް ދިފާއުކުރެއްވުމަށް ކޮންމެފަދަ ކަމެއްކުރުމަށް ފަސްނުޖެހޭނެ ބޭފުޅެއްކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ޞާލިހް ދަތުރުކުރައްވަމުން ގެންދަވާ ރަށްތަކުން، ރައީސް ޞާލިހްއާއި ދެކޮޅަށް އަޑުއުފުލާ އިދިކޮޅު ޕާޓީގެ މެންބަރުން ހައްޔަރުކުރާ މައްސަލާގައި "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެކަމާއި ގުޅިގެން ހީނާ ވިދާޅުވީ ރަށް ރަށުގައި ތިބޭ ޕީޕީއެމްގެ ސަޕޯޓަރުންނާއި ދޭތެރޭ ހިންގޭ މިފަދަ އަމަލު ތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ ކަމެއް ކަމަށެވެ. އަދި މިއަދު ހައްޔަރު ކުރި މީހާގެ އިތުރުން 130 އާއި ގާތް ކުރާ އަދަދަކަށް މިފަދަ މުޒާހަރާ ތަކުގައި މީހުން ހައްޔަރު ކޮށްފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. 

ރައީސް އިބްރާހިމް ޞާލިހް އާއި ދެކޮޅަށް ތިނަދޫގައި މިއަދު ވަނީ އިދިކޮޅުން މުޒާހަރާކޮށް، އިދިކޮޅު ލީޑާރު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައެވެ. މި މުޒާހަރާގައި މީހަކު ހައްޔަރު ކުރެވިފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ވަނީހަމަނުޖެހުން ހިނގާފައެވެ.

"ރައީސް ޞާލިހްގެ މި އަމަލުން ފެންނަނީ ރައީސް ޞާލިހް އަކީ މަޤާމް ދިފާއު ކުރެއްވުމަށް ކޮންމެ ފަދަަ ކަމެއް ކުރުމަށްވެސް ފަސްނުޖެހޭނެކަން. އެކަމުގެ މިސާލަކަށް އެމަނިކުފާނުގެ އެންމެ ގާތް، އަދި ކުރީގެ ރައީސް ނަޝީދާމެދު ރައީސް އިބްރާހިމް ކަންތައްކުރާގޮތް ފުދޭނެ" 

ހީނާ ވަލީދު ވިދާޅުވިއެވެ.

މީގެ އިތުން ރައީސް ސޯލިހްގެ ކެމްޕެއިން އަކީ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން ކުރިއަށް ގެންދާ ކެންޕެއިނެއްކަމަށާއި، މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއް ކަމަށްވެސް ހީނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މިއާއެކު ހީނާ ވަނީ ވޭތުވެދިޔަ ރިޔާސީ ދައުރުގައި ރައީސް ޔާމީން ގެނެސް ދެއްވާފައިވާ ތަރައްގީގެ 10 އިންސައްތަވެސް ރައީސް ޞާލިހް އަށް ގެނެސް ދެވިފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ހުސޭނުބެ
އާދެ ރަގަޅު ވާހަކައެއް! އެއްބަފާބޭބެ ޖަލަށްވެސް ލާފާނެ! ސްޕްރީމްކޯޓް ޓިނުވެސް ނަގާފާނެ! ލިސްޓް ވަރަށް ދިގު!
22 Jan 2023
ޔޫސުފް
މީނާ މިވީދެނީ ކީކޭތަ ޔާމީނު އެއީ ދިވެހިރާއްޖޭގެ ކޯޓަކުން ވަންކަން ކުރިކަމަށް ސާބިތުވެގެން ޖަލަށް ލާފައި ހުރި ބޭފުޅުން
23 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ