ހީނާ ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
13 Dec 2022 | 12:36
އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކަށް އެޗްއާރުސީއެމް އިން ރިއެކްޓެއް ނުކުރޭ: ހީނާ

ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދިޔަ ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން ރިއެކްޓް ނުކުރައްވާކަަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތަކެއް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. 

އެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އެކި މުއައްސަސާތަކާއި މަތިކޮށްފައި ވީ ނަމަވެސް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ޒިންމާ އެ މުއައްސަސާތަކުން އެކަށިގެންވާ ގޮތެއްގައި ނަގަމުން ނުދާކަމަށް ހީނާ ވިދާޅުވިއެވެ. 

އެގޮތުން އިންސާނީ ހައްގުތަކާއި ކަރާމާތަށް އަރައިގަނެފައިވާ އެތައް މައްސަލަތަކެއް މި ރާއްޖޭގައިވެސް ފެންމަތިވަމުން އަންނައިރު، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިވެފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަމަށް ހީނާ ވިދާޅުވިއެވެ. 

"އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާއިރުގައި، އިންސާނީ ހައްގުތަކާއި ގުޅުންހުރި އެތައް މައްސަލައެއް ގައުމުގައި ހިނގަމުން ދާއިރު ހިއުމަން ރައިޓްސް ކޮމިޝަން ރިއެކްޓެއް ނުކުރޭ. މައްސަލައެއް ހުށައެޅިޔަސް ހިއުމަން ރައިޓްސް ކޮމިޝަނަށް މިއިން އެއްވެސް މައްސަލައެއް ބަލާކަށް ނުކެރޭ"

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު 

ހީނާގެ ވާހަކައިގައި ވަނީ އިދިކޮޅުގެ މުޒާހަރާތަކުގައި ހައްޔަރުކުރާ ފަރާތްތަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ނަމަވެސް އެއިން ފަރަާތަކަށް އިންސާފު ނުލިބޭކަން ފާހަގަކުރައްވާފައެވެ. 

އިދިކޮޅުގެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކުރާ އެތައް މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް މިހާރުވެސް ހުށައަޅާފައި ވާއިރު، އެއިން އެއްވެސް މައްސަލައެއް ބަލާ، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދާ ދެވިފައި ނުވާކަމަށް ހީނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.