އިދިކޮޅުގެ ތަރުޖަމާނު ހީނާ ވަލީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
18 Jun 2023 | 18:21
އަޅުގަނޑުމެން މިދަނީ ވެރިކަމާ ހަވާލުވާން: އިދިކޮޅު

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތައްޔާރުވަމުން ދަނީ ވެރިކަމާ ހަވާލުވާން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮންމެ ދުވަހަކު އެކިއެކި ވުޒާރާތަކަށާއި މިނިސްޓްރީތަކަށް އަދި މުއައްސަސާތަކަށް އިދިކޮޅުގެ ފަރާތުން ޓީމުތައް ދާނެ ކަމަށާއި އަދި ބޭނުންވާ މައުލޫމާތު އެއްކޮށް،  މައުލޫމާތު ހޯދައި، ކަންކަމަށް ފާރަވެރިވާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މި ސަރުކާރު މިދަނީ ނިމެން. ރައީސް ޞާލިހަކަށް އަބަދު މިފަދަ އަނިޔާވެރި ވެރިކަމެއް ކުރުމަށްޓަކާ ވެރިކަމުގެ ހުންގާނުގަ ހިއްޕަވައިގެނެއް ނުހުންނެވޭނެ. މުއައްސަސާތަކުގަ ތިއްބެވި މުވައްޒަފުންވެސް ވިސްނާވަޑައިގަންނަވަންވީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވާންކަން މިދަނީ. އެހެންވީމަ އެބޭފުޅުންގެ ފަރާތުންވެސް މިކަމަށް ދެއްވަން ޖެހޭ ހުރިހާ އެއްބާރުލުމަކާ އެހީތެރިކަމެއް ދެއްވުމަކީ މި ޓީމުތަކުގެ ފަރާތުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ގާނޫނާ ހިލާފަށް މި ސަރުކާރުން އިންތިހާބާ ދިމާކޮށް ނުވަތަ މިއޮތް މުއްދަތުގެ ތެރޭގައި ކުރައްވާ އަމުރަށް ވުޒާރާތަކުގެ މުވައްޒަފުން އެއްބާރުލުން ނުދިނުމަށް އެދޭ ކަމަށެވެ.

ޖުމުލަ 31 ޓީމަކަށް ބަލާހައިގެން 31 ލީޑަރުން ހިމެނޭ ގޮތަށް، ޓީމްތަކުގެ މަސައްކަތް ކުރިއަށް ދާނެ ގޮތް އޮޅުންފިލުވައިދެމުން ހީނާ ވިދާޅުވީ ކޮމެޓީތަކުގެ ކަންކަމުގައި ވިލަރެސްކޮށް އެންމެ އިސްކޮށް ހުންނަވާނީ ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ކަމަށެވެ.

މިއީ ގާނޫނުގައިވާ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އިދިކޮޅުން ފާހަގަ ކުރިއެވެ.

ކޮމެންޓް
އައިމިނަ
ތިޔާ މީހުން ތިޔަ ދަނީ މަކަރުވެރިކަމާއި އަނިޔާވެރި ކަމާއި ހަވާލުވުމަށެވެ. އަދިއެއް ދިވެހިންނެއް ތިޔާ މީހުންގެ ކުރީގެ މަކަރުވެރި ކަމާއި އަނިޔާވެރި ކަމެއް ހަދާނެއް ނުނެތެއެވެ.
18 Jun 2023
ޒާހިދު
މިހާރުވެފަ ތިތިބީ އުޅެގަ އަވަސްކުރަން
18 Jun 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.