ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ/ޕީޕީއެމް
02 Feb 2023 | 09:24
ހޯޕް ކޮންފަރެންސްއަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ފެށުން:ހީނާ

އިދިކޮޅު ކޯލިޝަންއިން މާދަމައިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަ ޖެހިފައިވާ "ހޯޕް" ކޮންފަރެންސްއަކީ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފެށުން ކަމަށް ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދް ވިދާޅުވެއްޖެއެވެ.

 ހޯޕް ކޮންފަރެންސް އާއި ގުޅޭ ގޮތުން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ހީނާ ވަނީ މިއަދު 13:30 އިން ފެށިގެން މިމަހުގެ 4 ވަނަ ދުވަހަށް ދަރުބާރުގޭގައި ކުރިއަށްދާ، މި ކޮސްފަރެންސް އަކީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކޮންފަރެންސް ކަމަށް ފާހަގަކޮށް މިކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިއަދު މެންދުރު ފަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި 1000 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑާއިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ ތެރޭގައި ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި، އަންހެނުންގެ ރައީސުންނާއި، ސެނެޓަރުންނާއި، ކައުންސިލަރުން އަދި ޑަބްލިއުޑީސީ މެމްބަރުން ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ގިނަ ބައިވެރިން މާލެ އައިސްފައިވާ ކަމަށް ވެސް ހީނާ ވަނީ ފާހަގަ ކޮށްފައެވެ.

މިއާއިއެކު ހީނާ ވިދާޅުވެފައިވަނީ މި ކޮންފަރެންސްއަކީ މި އަހަރު ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށް ކެމްޕެއިންކުރުމުގެ ފެށުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ދޭންޖެހޭ މެސެޖްތަކާއި ރަށްރަށުން ވާން ޖެހޭ ތައްޔާރީތައް ފެށުން ކަމަށެވެ. އަދި މި ކޮންފަރެންސްގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދެކެވިގެން ދާނެ ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ކޮންފަރެންސް ނިންމުމަށްފަހު ބައިވެރިން އަނބުރާ ރަށްރަށަށް ވަޑައިގަތުމާއިއެކު އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވަނީ ފާަހަގަކުރައްވާފައެވެ.

މިއަދުގެ ކޮންފަރެންސްގެ އިތުރުން ހުކުރު ދުވަހުގެ ހަވީރު ވަނީ "ބުންވަރު" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ހަމަ ޖެހިފައެވެ. މިކަމާއި ގުޅިގެން ހީނާ ފާހަގަ ކުރައްވާފައިވަނީ މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށެވެ.

އަދި ހިނގާލުމަށްފަހު ގައުމީ ކޮންފަރެންސް ނިންމާލުމަށްޓަކައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ "ދުއްޕާން" ގެ ނަމުގައި ޖަލްސާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.