13 Apr 2026
މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ މި ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ.
12 Apr 2026
ހުޅުމާލެ ފޭސް ދޭއްގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑިއްޖެ
11 Apr 2026
ފަހި ފްލެޓްތައް ކައިރީ އަލިފާނުގެ ހާދިސާއެއް، ހިތާމަވެރި ކަމެއް ދިމާވުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭ
ރޯވީ އެ ސަރަހައްދުގައި ހުރި ބޮޑު ކުނިފުންޏެކެވެ. މިއީ ފްލެޓްތަކަށް ބަދަލުވީ މީހުން އެ ސަރަހައްދަށް ޖަމާކުރި ކުނި ކަމަށް ބެލެވެ އެވެ.
01 Apr 2026
އެޗް.ޑީ.ސީއަށް 25 އަހަރު: "ކަނޑުން ރިހިއައްސޭރިއަށް" ކުރި ތާރީޚީ ދަތުރު
ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މަޝްރޫއަކީ ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއެވެ. މިއަދަކީ މި ބިޔަ މަޝްރޫއު ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ފިޔަވަޅު އެޅިތާ 25 އަހަރު ފުރުނު ތާރީޚީ ދުވަހެވެ. ފަޅު ކަނޑެއްގެ ގޮތުގައި އޮތް ސަރަހައްދެއް، ޒަމާނީ ސިޓީއަކަށް ބަދަލުކޮށްލުމަށް ކުރެވުނު މި ބުރަ މަސައްކަތުގެ މުގުލުގައި އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެވެ.
29 Mar 2026
ހުޅުމާލެ ފޭސް ދޭއް، ހިތިގަސްމަގުން ދިޔަ ލޮރީއެއް ފުރޮޅާލައިފި
28 Mar 2026
ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި
ރޭ ހުޅުވިގެންދިޔަ ކުޅިވަރު އެކުވެނިއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު\ދަނޑު ހޯދުމުގައި މިހާރު އޮތް ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އެގޮތުން މި އެކުވެނީގައި، ބަށި ކޯޓާއި، ވޮލީ ކޯޓު، ބާސްކެޓް ކޯޓުގެ އިތުރުން ހޭންޑްބޯލް ކޯޓަކާއި ނެޓްބޯލް ކޯޓެއް ވަނީ ގާއިމުކޮށްފައެވެ.
26 Mar 2026
ފޭސްތިނަކުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފަށާފައިވާ ކަމަށެވެ.
26 Mar 2026
ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
މި ފްލެޓްތައް އަޅައިފައިވަނީ 2002 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. މި ފްލެޓްތަކަށް މިހާރު 24 އަހަރު ވެފައިވާއިރު، މެއިންޓެނެންސްގެ މަސައްކަތް އެންމެ އެކެށީގެންވާ ގޮތަށް ސަރުކާރުން ފާއިތުވެފިޔަ އަހަރުތަކުގައި ކުރެވިފައި ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށް ނުރުހުން ފާޅުކޮށްފައެވެ.