ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
ހުޅުމާލޭގެ ފޭސް 1 ގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީ އިން ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި ފްލެޓްތައް އަޅައިފައިވަނީ 2002 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. މި ފްލެޓްތަކަށް މިހާރު 24 އަހަރު ވެފައިވާއިރު، މެއިންޓެނެންސްގެ މަސައްކަތް އެންމެ އެކެށީގެންވާ ގޮތަށް ސަރުކާރުން ފާއިތުވެފިޔަ އަހަރުތަކުގައި ކުރެވިފައި ނެތްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށް ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން، ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަސައްކަތް އެޗްޑީސީ ހަވާލުކުރެވި މި ފްލެޓްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފްލެޓްތައް ކައިރި ސާފުތާހިރުކޮށް ބެހެއްޓުމަށް ވެސް އެޗްޑީސީ އިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists