ހުސައިން ފަހުމީ
06 Jun 2024
ގަސް އިންދުމާ، ގަސްތައް ބެލެހެއްޓުމަށް، ކޮންމެ ރަށެއްގައި 'ގްރީން އޭޖެންޓެއް'
ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ބަހައްޓަން ނިންމަވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
04 May 2024
ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްޑީ ފަހުމީ
ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން ދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މިރޭ ހުސައިން ފަހުމީ އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް ޢާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ތަންފީޒުކޮށްފައި ކަމަށެވެ.
01 May 2024
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު ގެތައް ދުރަށް ބަދަލު ނުކޮށް ހުރީ ބިން ނެތުމުން ކަމަށެވެ.
28 Apr 2024
ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑެއް ނުވާނެ: ފަހުމީ
ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
28 Apr 2024
މި މަހު ކަރަންޓު ބިލުތައް ބޮޑީ ރާއްޖޭގައި އެކަންޏެއް ނޫން: ސްޓެލްކޯ
މި މަހު ކަރަންޓު ބިލުތައް ބޮޑީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
18 Apr 2024
ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސްޓެލްކޯގެ ޓީމް ކުޅުދުއްފުށީގައި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
08 Apr 2024
ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއް: ފަހުމީ
ޢީދު އަލި، މިއީ ދީނީ އަދި ޤައުމީ ބޮޑު މަސައްކަތެއްކަމަށް ސެޓެލްކޯގެ މެނޭޖިންގ ޑިރެކްޓާ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
29 Mar 2024
ކޭބަލް ވިއުގައިގެ މަތީގައި އިޝްތިހާރު ބޯޑު ހަރުކުރާތީ އެމްޑީގެ ކަންބޮޑުވުން
މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑްގައި ހިމެނޭ ކޭބަލް ވިއުގައިގެ މައްޗަށް ދަގަނޑު ޖަހައި އިސްތިހާރު ބޯޑުތައް އަދިވެސް ޖަހަމުންދާތީ ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.