ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Apr 2024 | 12:34
މި މަހު ކަރަންޓު ބިލުތައް ބޮޑީ ރާއްޖޭގައި އެކަންޏެއް ނޫން: އެމްޑީ ފަހުމީ

މި މަހު ކަރަންޓު ބިލުތައް ބޮޑީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، ބިލުތައް ބޮޑުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މި މަހު ކަރަންޓު ބިލުތައް ބޮޑު ކަމުގެ ޝަކުވާ  އާއި ކަންބޮޑުވުން ބައެއް ރައްޔިތުންގެ ހުރި ކަމަށެވެ. 

އެހެންނަމަވެސް، މި މަހު ކަރަންޓް ބިލު ބޮޑީ ރާއްޖޭގައި އެކަނި ނޫން ކަމަށާ، ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެ ބިލު ބޮޑު ވެފައިވާ ކަމަށެވެ. 

"ރިސާޗް ކޮށްލެވިޔަސް އެނގިލައްވާނެ. މިއީ ހަމައެކަނި ރާއްޖޭގައި ކަރަންޓުބިލު ބޮޑުވެގެންނެއް ނޫން މިއުޅެނީކީ. ދުނިޔޭގެ އެހެން ތަންތާނގައުވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަރަންޓު/ ގޭސް ބިލަށް މި ބަދަލު އައިސްފައި އެބަހުރި،" 

ހުސައިން ފަހުމީ

މިއާއެކު ފަހުމީ ވުދާޅުވީ ރޯދަމަހަކީ ޖުމްލަ ގޮތެއްގައު ޚަރަދު ބޮޑު މަހެއް ކަމަށް ވުމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިލެއްވުމާއި އެއްގިތަށް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ރޯދަމަހުގެ ބިލުން ޑިސްކައުންޓެއް ދެވިފައިވާ ކަމަށެވެ. 

އަޅުގަނޑުމެންވާނީ އެ ޑިސްކައުންޓް ވަރަށް ތަނަވަސްކޮށް ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ދެވިފައި

ހުސައިން ފަހުމީ

މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވަނީ ކަރަންޓު ބިލުތައް ބޮޑުވީ ސްޓެލްކޯއިން ނުވަތަ ފެނަކައިން ކުރި ކަމަކުން ނޫން ކަމަށާއި، ބިލުކޮށްފައި ހުންނާނީ ކަރަންޓު ބޭނުންކުރި މިންވަރަށް ކަމަށް ވިދާޅުވެފަ އެވެ.

"އަހަރަކު ދެމަހު ތިންމަހު ބިލު ބޮޑުވަނީ. ބައެއް މަސްތަކުގައި ބިލު ކުޑަވެސް އެބަވޭ. އެހެންވީމަ އެބަ އެނގޭ ސްޓެލްކޯއާއި ފެނަކައިން ބިލްތައް ބޮޑުކުރަނީ ނޫންކަން،" ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުުރުން ފަހުމީ ވިދާޅުވީ މޫސުމާއި ގުޅިގެން ކަރަންޓް ބިލު ބޮޑު ވުމަކީ ސްޓެލްކޯއާއި ކަރަންޓް ކުންފުނި ތަކުގެ އިތުރުން އާއްމު ރައްޔިތުންވެސް ވިސްނައި ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކަރަންޓު އިގްތިސާދު ކުރުމަށް ކެމްޕެއިންތައް ހިންގުމާއި، ގެ އިމާރާތްކުރާއިރު ވެސް އެކަންކަމަށް ވިސްނުން ކަމަށް ފަހުމީ ވުދާޅުވިއެވެ.

އެގޮތުން ގިނަ އަދަދެއްގެ އައުޓްޑޯ ޔުނިޓު އެއް ކުޑަ ގޮޅީގެ ބެހެއްޓުން ފަދަ ކަންކަމަކީ ކަރަންޓު ބިލު ބޮޑުވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގދފހދދ
ރޯދަމަހުގެ 15ދުވަސް އެބައިން މިމަހުގެ ކަރަންޓު ބިލުގައި އެއީ ސަބްސިޑީ ދޭންޖެހޭ ބައެއް ނޫންތަ.
28 Apr 2024
ޢަލީބެ
ކުރީ އަހަރުތަކުގާ ބޭރުގައުމުތަޖުގާ ބޮޑުނުވެ މިއަހަރު ބޮޑުވީ ކީއްވެ
28 Apr 2024
ޢަލީބެ
ކުރީ އަހަރުތަކުގާ ބޭރުގައުމުތަޖުގާ ބޮޑުނުވެ މިއަހަރު ބޮޑުވީ ކީއްވެ
28 Apr 2024
ދާމިސް
ފަހުމީ ދުވަން ވީ ސިޔާސީ ބޭނުން ތަކަށް މީސްމީ ހުންނަށް ވަޒީފާ ބަހަން.
28 Apr 2024
މޯޑް މޯޑް
އަހަރުމެން ރަށުގައި ނޫޅޭތާ 15 އަކައްވުރެން ގިނަ ދުވަސް ވެއްޖެ އެކަމަކު މިހާރު ފެނަކައިން އަލަން ހަރުކުރި ހަރުކޮއްފައިހުރި ވަގު މީޓަރުން ކުރިއައްވުރެން ކަރަންޓު ބިލު ބޮޑުތަނުންވީ ބޮޑު
28 Apr 2024
ާއަހުމަދު
ސޯލާ ޕެނަލްސް ރާއްޖެގެނެސް މީހުންނަށް ހެޔޮއަގުގަ ލިބޭގޮތަށް ހަދާބަލް. ތެލުން ވައްކަން ކުރުމަކީ ރާއްޖޭގަ އާއްމުކޮށް ހިގާކަމެއް
28 Apr 2024
FATHMATH MOOSA
މީހުން ނޫޅޭޭގޭގެވެސް ބޭނުންކުރެވުނު ލެއް ގިނަވީ ދޯ.
28 Apr 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.