ގަސް އިންދުމުގެ ޕްރޮގްރާމް ފެށުން: ފޮޓޯ/ ސްޓެލްކޯ
ހަބަރު
06 Jun 2024 | 10:49
ގަސް އިންދުމާ، ގަސްތައް ބެލެހެއްޓުމަށް، ކޮންމެ ރަށެއްގައި ވެސް ސްޓެލްކޯއިން 'ގްރީން އޭޖެންޓެއް'ގެ ބަހައްޓަނީ

ގަސް އިންދުމަށްފަހު އެ ގަސްތައް ބެލެހެއްޓުމަށްޓަކާ ކޮންމެ ރަށެއްގައި ވެސް 'ގްރީން އޭޖެންޓެއް'ގެ ގޮތުގައި އެކުންފުނީގެ މުވައްޒަފަކު ބަހައްޓަން ނިންމަވާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދެވުމަށް ސަރުކާރާއި، ސަރުކާރު ކުންފުނި ތަކުން ގުޅިގެން އިއްޔެ ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ. 

މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 5 ލައްކަ ގަސް އިންދުމަށް ވަނީ އެއްބަސްވެފައެވެ. 

އެގޮތުން އެ މަސައްކަތް ފެށުމަށް ސްޓެލްކޯއިން އިއްޔެ ކ. ތުލުސްދޫގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފަހުމީ ވުދާޅުވީ، ސްޓެލްކޯގެ މަސައްކަތަކީ ތިމާވެއްޓާއި ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެ ކުންފުނީގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުން ނުވާކަމަށާއި، ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްނަގައިގެން ސްޓެލްކޯއިން މަސައްކަތް ކުރަމުން ދަނީ އެހެންވެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ. މިއަދު ފެށިގެން މިދަނީ، މިކަމުގެ ފެށުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގަސް އިންދާ ތަފްޞީލާއި، ގަސް އިންދާރަށްތަކާއި، އަދި ގަސް އިންދާ ތަންތަނުގެ ތަފާސް ހިސާބު އަޅުގަނޑުމެން މިނިސްޓްރީއާ އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ފޯރުކޮށްދެމުންދާނަން."

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ

ފަހުމީ ވިދާޅުވީ، މިހާރު އިންދާ ގަސްތަކުގެ ފައިދާ ބޮޑުވަމުން އަންނަ ތުއްތު ކުދިންނަށް ކުރާނެ ކަމަށާއެއީ، މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ. 

އަދި އިއްޔެ ފެށި މި ޙަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ކ. ތުލުސްދޫގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި ޖުމްލަ 27،000، ގަސް އިންދޭނެ ކަމަށާ އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދު ގަސް ހިމެނޭކަން ފަހުމީ ފާހަގަކުރެއްވުއެވެ. 

ގަސް އިންދުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ރަށެއްގައިވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ޙަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޙަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

އެމްޑި ފަހުމީ ވަނީ އެކަމަށްޓަކައި ސްޓެލްކޯގެ މުވަށްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

މީގެ އިތުރުން ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ނިންމާފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
އިއްބެ
ކޮންމެކަމަކަށް ވުޒާރާ ތަކާއި މިނިސްޓްރީ ތައް ހުންނައިރު އެބަޔަކު ކުރަންޖެހޭ މަސައްކަތް ހަދާން ނައްތާލައި ފޮޓޯ އަށް އެހެން ބައެއްގެ މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
06 Jun 2024
އިއްބެ
ތިޔައީވަރަށްރަނގަޅުކަމެއް
06 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.