29 Jul 2024
އައި.ޖީ.އެމް.އެޗްގައި ފަރުވާ ހޯދަމުންދާ ބަލިމީހަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެ
އައި.ޖީ.އެމް.އެޗްގައި ފަރުވާ ހޯދަމުންދާ ކެންސަރު ބަލިމީހަކަށް އޯ ނެގެޓިވް ލޭ ބޭނުންވެއްޖެއެވެ.
22 Jul 2024
ނިޔުރޯސާޖަން ޑރ. ޢަލީ ނިޔާފް އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް
އޭޑީކޭގައި މަސައްކަތް ކުރައްވަމުންދިޔަ، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.
14 Jul 2024
ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރަން މަޝްވަރާކޮށްފި
ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުން އަވަސްކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އައިޖީއެމްއެޗް އާއިއެކު މަޝްވަރާކޮށްފިއެވެ.
07 May 2024
ތުއްތު ކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ފަރުވާދިން ކަމަށްބުނާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި
މިއަދު އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ޚިލާފައް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން އެ ހޮސްޕިޓަލް ހިތާމަކުރާކަމަށެވެ. އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން ޢަމަލުކުރަމުންދަނީ މެޑިކަލް ޕްރެކްޓިސްގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި މީސްމީޑިޔާގައި މީހެއްގެ ބަލި ޙާލަތާމެދު ވާހަކަތަކެއް ފެތުރުނު ނަމަވެސް ބަލިމީހާއާއި ފަރުވާގެ ތަފްޞީލުތަކަކީ ހޮސްޕިޓަލުން ހާމަކުރާނެ މައުލޫމާތުތަކެއް ނޫންކަމަށެވެ.
27 Apr 2024
މެޑިސިން ކިޔަވާ ކުދިންނަށް ދެރަގޮތެއް ނުވާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފަ: އެމްއެންޔޫއެސްޔޫ
މިރޭ އެމްއެންޔޫއެސްޔޫ އިން ނެރުނު ބަޔާނެއްގައި ވަނީ 26 އޭޕްރީލް ވީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާގެ އފީހުގެ ކަމާބެހޭ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށާ މި ބައްދަލުވުމުގައި ސަރުކާރުން، މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށެވެ.
10 Mar 2024
އައިޖީއެމްއެޗް މިސްކިތް އަލުން މަރާމާތުކޮށް ހުޅުވައިފި
5 އަހަރަށްފަހު އައިޖީއެމްއެޗް މިސްކިތް އަލުން މަރާމާތުކޮށް ހުޅުވައިފިއެވެ.
03 Jan 2024
ވިލިމާލެ ހޮސްޕިޓަލުގައި ސީ އެމްބިޔުލާންސްގެ ޚިދުމަތް ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިލިމާލޭ ހޮސްޕިޓަލުގައި ސީ އެންބިޔުލާންސްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
01 Jan 2024
މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމް ކުރަނީ
މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް ނިންމާފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.