ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ
15 Jul 2026
100 ދަރިވަރުންނަށް ފަސްޓް އެއިޑް ސެޓްފިކެޓް
އެމްއެންޔޫ އާއި އެމްއާރްސީ ގުޅިގެން ބޭއްވި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނު ފުރިހަމަކުރި 100 ދަރިވަރުންގެ ލީޑަރުންނަށް ސެޓްފިކެޓް ދީފިއެވެ. މި ތަމްރީނުގައި ނަފްސާނީ އެހީތެރިކަން ދިނުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
07 Jul 2026
އެމްއެންޔޫ ލާނިން ފެސްޓިވަލް ހަމަސާ
އެމްއެންޔޫން 9 އިން 18 އަހަރުގެ ކުދިންނަށް ޒާތީ ތައުލީމީ އަދި އިޖުތިމާޢީ ތަރައްޤީއަށް އަމާޒުކޮށް ޖުލައި 19 އިން 23 އަށް ހަމަސާ ފެސްޓިވަލްގެ ޕައިލެޓް ބާއްވަނީ
06 Jul 2026
އެމްއެންޔޫގައި ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން، ހިމަބިހި (މީސެލްސް) ފެތުރުން ކޮންޓްރޯލްކުރުމަށް ހިންގާ "މީސެލްސް އައުޓްބްރޭކް ރިސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
06 Jul 2026
"ތެވެލި" ކޮންފަރެންސަށް މިއަހަރު ރެކޯޑް އަދަދަކަށް ދިރާސާ ކަރުދާސް
އަންނަ އޮގަސްޓް މަހުގެ 17 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 330 ކަރުދާސް ވަނީ ލިބިފައެވެ. މިއީ ރާއްޖޭގައި ބޭއްވޭ މިފަދަ ޢިލްމީ ބައްދަލުވުމަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ.
27 Jun 2026
އެމްއެންޔޫން "ފަތުރު ވާހަކަ" ސިލްސިލާ ފަށައިފި
އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓެލިޓީން ދުނިޔޭގެ ގޮންޖެހުންތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ބަލާލުމަށް "ފަތުރު ވާހަކަ" މަޝްވަރާ ސިލްސިލާ މިއަދު ފަށައިފި. ޓޫރިޒަމް ސްޓޭޓް މިނިސްޓަރާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވި ފުރަތަމ
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
21 Jun 2026
އެމްއެންޔޫގެ ޞިއްޙީ ޑިގްރީ ޕްރޮގްރާމްތައް
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޕެރަމެޑިކް ސައިންސް، ސްޕީޗް-ލެންގުއޭޖް ޕެތޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ތިން އާ ޑިގްރީ ޕްރޮގްރާމް ތަޢާރަފުކޮށް، 2026 ޖުލައި 30 އަށް އެޕްލިކޭޝަން ބަލައިގަންނަން ފަށައިފި