އެމްއެންޔޫއާ ސިނެކް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން- ފޮޓޯ/ އެމްއެންޔޫ
ހަބަރު
01 Sep 2026 | 16:09
މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށް އެމްއެންޔޫ އާއި ސިނެކް ކެމްޕަހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ ސިނެކް ކެމްޕަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ދިރާސާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އާއި ސިނެކް ކެމްޕަހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެ ކެމްޕަހުގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒްގެ ޑީން ޑރ. ސުޖާތާ ވަލްޕޯލާ އާއި ކެޕްޓަން މުޙައްމަދު ޒައިދުގެ އިތުރުން ޝަރަފުވެރި މެހެމާނުންނާއި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޔޫގެ ނޫސް ބަޔާނުގައި ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ދެ މުއައްސަސާ ގުޅިގެން ތަޢުލީމީ އަދި ޕްރޮފެޝަނަލް ދިރާސާތައް ކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުން ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން މެރިޓައިމް ދާއިރާއިން ދެ ފަރާތުގެ ފަންނީ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެންޔޫގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް)، "ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒް" ގެ ނަމަށް ބަދަލުކޮށް، އެ ދާއިރާ ފުޅާކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ފެކަލްޓީއަކަށް ބަދަލުވުމުން، މެރިޓައިމް ދާއިރާއިން މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ފުރުޞަތުތައް ފަހިކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެޕްޓަން މުޙައްމަދު ޒައިދު ވިދާޅުވީ، ސިނެކް ކެމްޕަހަކީ މެރިޓައިމް ތަޢުލީމާއި ތަމްރީނުގައި 36 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އަދި ދިވެހި ފަންނުވެރިން ތަމްރީނުކުރުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ތަނެއް ކަމަށެވެ. އަދި އެމްއެންޔޫގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެޕްޓަން ޒައިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، ތިމާވެއްޓާ ރައްޓެހި އައު ތެލުގެ ބާވަތްތަކާއި، ދެމެހެއްޓެނިވި އޮޕަރޭޝަންތަކުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އަންނަ ބަދަލުތަކާއެކު މުޅި މެރިޓައިމް އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، މިފަދަ އެއްބަސްވުމެއް ޤާއިމުކުރެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް އެސްޓީސީޑަބްލިއު (STCW) ކޮންވެންޝަން މުރާޖަޢާ ކުރެވެމުންދާއިރު، ދާއިރާގެ ތަޢުލީމާއި ތަމްރީނުތައް މި ބަދަލުތަކާ އެއްގޮތަށް ބައްޓަންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، 30 އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގައި މަތީ ފެންވަރުގެ މެރިޓައިމް ކޯސްތައް ވަރަށް އަވަހަށް އެމްއެންޔޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގެ ސަބަބުން ދިވެހި މެރިޓައިމް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެ، ޤައުމުގެ މި ދާއިރާގެ މަސައްކަތްތެރިންގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ.

އެމްއެންޔޫގެ ނޫސް ބަޔާނުގައި ބުނީ، މިއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކޮށް، ދިރާސާތަކާއި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި ސިނެކް ކެމްޕަހާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން އެމްއެންޔޫގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީޒް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ މެރިޓައިމް ދާއިރާގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
މިފްކޯގެ ޗެއާމަނަކަށް ފާއިޒް އައްޔަނުކޮށްފި
ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
01 Sep 2026
އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 53 ވަނަ އަހަރީ ދުވަސް، އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
01 Sep 2026
އެމްއެންޔޫ އާއި ސިނެކް ކެމްޕަހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ ސިނެކް ކެމްޕަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ދިރާސާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Sep 2026
ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ
ބުޅާ ގެންގުޅުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
01 Sep 2026
ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވުން ވެސް އެ ކުށުގައި އޮތްތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
01 Sep 2026
ކުޑަކުއްޖަކަށް ދުއްވަން އުޅަނދު ދީފި ނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް
އެއްގަމު އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.
01 Sep 2026
ވަޒީރު އަމީންގެ ދަރިކަލުން ދާނިޝް އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ދާނިޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ހުންނަވަން ޖެހިވަޑައިގަތުމެވެ.
01 Sep 2026
ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ 'ދޯހަޅި' އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފިއެވެ.