ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުން-
ހަބަރު
08 Sep 2026 | 15:31
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ. 

އެމްއެންޔޫއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ފިޒިއޮތެރަޕީގެ ތަޢުލީމާއި، މި ދާއިރާގެ ޕްރޮފެޝަނަލް ތަރައްޤީއާއި، ދިރާސާކުރުމުގެ ފުރުޞަތުތައް ފުޅާކޮށް، ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. މިއީ މުޅި ރާއްޖޭގައި ފިޒިއޮތެރަޕީގެ ޚިދުމަތް ކުރިއަރުވައި، ފެންވަރު ރަނގަޅު ރިހެބިލިޓޭޝަން ޚިދުމަތްތައް ހޯދުމަށް މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޕާޓްނަރޝިޕް ޤާއިމުކުރެވިފައި މިވަނީ، ރާއްޖޭގައި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާތީ، ސިއްޙީ ފަރުވާއާއި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ބަލިމީހުންނަށް ފަރުވާދިނުމުގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމަށާއި، ހެލިފެލިވެ އުޅުމުގެ ޤާބިލުކަން އިތުރުކޮށް، އަމިއްލައަށް ކަންކަން ކުރުމުގެ ބާރުވެރިކަން ހޯދައިދިނުމުގައި ފިޒިއޮތެރަޕީ މުހިންމު ދައުރެއް އަދާކުރެއެވެ.

މި އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤްވާމީ ފެންވަރުގެ ފިޒިއޮތެރަޕީ ތަޢުލީމާއި ތަމްރީނު ރާއްޖޭގައި ފޯރުކޮށްދީ، ހުނަރުވެރި ދިވެހި ވޯކްފޯސްއެއް ބިނާކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި ޢިލްމު ބަދަލުކުރުމާއި، ދިރާސާތައް ކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ ގިނަ ފުރުޞަތުތަކެއް މިކަމުގެ ސަބަބުން ފަހިވެގެންދާނެއެވެ.

މީގެއިތުރުން، ޤާބިލު ފިޒިއޮތެރަޕިސްޓުން އުފައްދައި، ވެރިރަށް މާލޭގެ އިތުރުން އަތޮޅުތެރެއަށްވެސް މި ޚިދުމަތް ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ. މިއީ ޖިއޮގްރަފީ ގޮތުން ދިމާވާ ދަތިތައް ކުޑަކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ރިހެބިލިޓޭޝަން ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިވާނެ ކަމެކެވެ.

މި އެއްބާރުލުމަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ކަމަށްވާ، ދުޅަހެޔޮ ޞިއްޙަތާއި ލާބަ (އެސްޑީޖީ 3)، ފެންވަރު ރަނގަޅު ތަޢުލީމު (އެސްޑީޖީ 4) އަދި ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގުޅިގެން މަސައްކަތްކުރުން (އެސްޑީޖީ 17) ޙާޞިލުކުރުމަށް ލިބޭ ބޮޑު ބާރެކެވެ.

މި އެއްބަސްވުން ޙަޤީޤަތަކަށް ހެދުމުގައި ބައިވެރިވި ދެ ފަރާތުގެ އެންމެހައި ފަރާތްތަކަށް އެމްއެންޔޫ އާއި އެމްޕީއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިމަގުގައި އެކުގައި މަސައްކަތްކޮށް، ދުޅަހެޔޮ އަދި ހުނަރުވެރި މުޖުތަމަޢެއް ބިނާކުރުމަށް ދެ މުއައްސަސާއިން ވެސް އުންމީދުކުރާ ކަމަށް ނޫސްބަޔާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 Sep 2026
އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގަނީ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.