15 Apr 2025
ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް: ތުރުކީގައި ދިވެހި އެމްބަސީ ޤާއިމުކޮށްފި
ދިވެހިރާއްޖެއިން ތުރުކީވިލާތުގައި އެމްބަސީއެއް ޤާއިމުކޮށްފިއެވެ. އެމްބަސީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީގެ ސަގާފަތާއި ފަތުރުވެރިކަމުގެ ވަޒީރު މެހްމެތް ނޫރީ އެރްސޮއި އަދި ތުރުކީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ރަސްމިއްޔާތުގައި ޚާއްސަ ދިދަ ނެގުމުގެ ހަރަލާތެއް ވެސް ބޭއްވުނެވެ.