22 Apr 2025
މިއަދު ތާވަލްކޮށްފައި އޮތް ޝަމްޢާންގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި
މިއަދު ހައިކޯޓުގައި ބާއްވަން ތާވަލްކޮށްފައި އޮތް، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފިއެވެ. ހައިކޯޓުން ބުނީ ދެން އަޑުއެހުމެއް އޮންނާނީ މާދަމާ ކަމަށެވެ.
10 Apr 2025
ޝަމްއާން ބަންދުކުރި އަމުރުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި!
ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދުކުރި މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުން އިއްޔެ ނިންމަވައިފިއެވެ.
06 Apr 2025
ޝަމްއާން، ޝަރިއަތް ނިމެންދަން ޖަލަށް
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
29 Mar 2025
ޝަމްއާން ދިރިއުޅޭ ގެއިން 257،475 ރުފިޔާއާ 10،000 ޑޮލަރު ފެނުނު: ފުލުހުން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން 257،475 ރުފިޔާއާ 10،000 ޑޮލަރު ފެނުނު ކަމަަށް ފުލުހުން ބުނެފި އެވެ.
28 Mar 2025
ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް
ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެނެސް ހައިކޯޓުން އެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ނިންމާ ހައިކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމާފަ އެވެ.
27 Mar 2025
ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށައަޅައިފި
ޝަމްއާންގެ ފަރާތުން އެ މައްސަލަ އިއްޔެ ވަަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
23 Mar 2025
އިމިގްރޭޝަން ޚިޔާނާތް: ދެމީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ނާޖައިޒް ފައިދާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ އާއިލާ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
22 Mar 2025
ޝަމްއާންގެ ބަންދަށް 15 ދުވަސް ޖަހައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.