ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން: ފޮޓޯ/ އިމިގްރޭޝަން
ހަބަރު
23 Mar 2025 | 14:28
އިމިގްރޭޝަން ޚިޔާނާތް: ދެމީހެއްގެ ޕާސްޕޯޓް ހިފަހައްޓައި، ޝަމްޢާންގެ ޢާއިލާ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ނާޖައިޒް ފައިދާ ހޯދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދުގެ އާއިލާ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުނީ މިމަހު 20 ވަނަ ދުވަހުގެ ރޭގަ އެވެ.

އެ މައްސަލާގައި ޝަމްއާން އާއި އިމިގްރޭޝަންގެ ތިން އޮފިޝަލަކު ވަނީ ހައްޔަރު ކޮށްފައެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދޔލު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ އާއިލާގެ މެމްބަރެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށާއި އަދި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާ ކޮށްފައިވާ ކަމަށެވެ.

އެއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވި ނަމަވެސް ފޯނު ހިފަހައްޓާފައިވަނީ ޝަމްޢާންގެ އަންހެނުންގެ ކަމަށް މައުލޫމާތު ލިބެއެވެ.

އިމިގްރޭޝަން ޚިޔާނާތާއި ގުޅޭގޮތުން ފުލުހުން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ހިމަނާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރީން އުޅޭ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށެވެ.

ބިދޭސީންގެ އަތުން 530،000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުން ހޯދި ކަމަށާ އަދި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ބިދޭސީން އުޅުނު މިގެ ބަލާ ފާސްކުރީ ބިދޭސީން ހޯދާ ޑިޓެއިން ކުރުމުގެ ޒިންމާ އޮތް ޓާސްކު ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒިފުން ނޫން ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަންގެ އޮފިސަރުން މަގުމަތީން ބައްދަލުކޮށް އެ މީހާ އަތުގައި ހުރި ފައިސާތައް ހިފައިން ރޭގެ ވަގުތެއްގައި ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަސް މީހަކު ހިފަހައްޓާ އެ މީހުން ފާސްކޮށް ކޯޓް އަމުރެއްގެ ދަށުން އިލެކްޓްރޯނިކް އާލަތްތައް ވަނީ ހިފަހައްޓާފަ އެވެ. އަދި ޝައްމާން ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާ އިލެކްޓްރޯނިކް އާލަތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ