24 Aug 2023
"5 އަހަރުން ހޮޅުދޫގައި ފެން އަޅާ ނުދެވުނީމަ ހައިރާނެއް ނުވޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް 5 އަހަރު ދުވަހުގެ ތެރޭގައި ހޮޅުދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމާނުލެވުނީތީ ހައިރާންވެވަޑައި ނުގަންނަވާ ކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.